ޚަބަރު
ޕީސީއާރު ޓެސްޓާނުލާ މިހާރު ކޮނޑޭއަށް ދަތުރުކުރެވޭނެ

ޕީސީއާރު ޓެސްޓު ނަހަދާ ގއ.ކޮނޑޭއަށް ދަތުރުކުރެވޭނެކަމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ކޮވިޑް ޖެހިފައިހުރިތޯ ޔަޤީންކުރުމުގެ ގޮތުން ހަދާ ޕީސީއާރު ޓެސްޓު ނަހަދާ ރާއްޖޭގެ ބައެއް ރަށްރަށަށް ދަތުރުކުރެވޭގޮތަށް އެޗްޕިއޭއިން ވަނީ ނިންމަފައެވެ. އެލިސްޓަށް ގއ.ކޮނޑޭގެ ނަން އިތުރުކޮށްފައި މިވަނީ އެރަށުގެ އާބާދީގެ 96 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާތީއެވެ. އެރަށގައި ތިބި 65 އަހަރުންމަތީގެ ހުރިހާ އެންމެން ވަނީ ވެކްސިންގެ ދެޑޯޒް ޖަހާފައެވެ.

ގއ.ކޮނޑޭގެ އިތުރުން ގއ.ދެއްވަދޫ، ގދ.ރަތަފަންދޫ، ގއ ނިލަންދޫ، ގއ ވިލިނގިލި، ގއ ގެމަނަފުށި، ގއ ކަނޑުހުޅުދޫގެ އިތުރުން ގއ މާމެންދޫއަށް ޕީސީއާރު ޓެސްޓާ ނުލާ ދަތުރުކުރެވޭނެއެވެ.

މިދިޔަ ސެޕްޓެމްބަރ މަހު އެޗްޕީއޭއިން ނިންމާފައިވަނީ އެރަށެއްގެ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!