ޚަބަރު
ފަރެސްމާތޮޑާގައި ހަދަމުންދާ ނޭޗަރ ޕާކްގެ މަސައްކަތް ނުނިމި ލަސްވާތީ ކައުންސިލް ގެ ކަންބޮޑުވުން

ފަރެސްމާތޮޑާ ގައި ހަދަމުންދާ ނޭޗަރ ޕާކްގެ މަސައްކަތް ނުނިމި ލަސްވާތީ ކައުންސިލްގެ ކަންބޮޑުވާކަމުގައި ފަރެސްމާތޮޑާ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައީސް އިމްތިޔާޒު ވިދާޅުވީ ސަރުކާރުން މި ރަށުގެ ފަރެސް އަވަށުގައި ހަދަމުން އަންނަ ނޭޗަރ ޕާކަކީ އަވަށުގެ ކުޅި ޙިމާޔަތް ކޮށް ކުޅި ހިމެނޭހެން ތަރައްޤީ ކުރާ ތަނެއް ކަމަށާއި އެއީ މުހިންމު މަސައްކަތެއް ކަމުގައި ވިޔަސް އެތަން ނުނިމި ދިގުލަިގެން ގޮސް 2 އަހަރު ވެއްޖެ ކަމަށެވެ.


ރައީސާ އިމްތިޔާޒު އިތުރަށް ވިދާޅުވީ އެ ތަން ނިންމާ ކައުންސިލާއި ޙާލަތުނުވެ އޮތުމުގެ ސަބަބުން އެސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށާއި ޕާކު ބެލެހެއްޓުމަށް އުސޫލު ތަކެއް ކަނޑައަޅައި އެތަން ދެމެހެއްޓެނިވި ކޮށް ހިންގަން އެއްވެސް މަސައްކަތެއް ފެށިގެން ނުދާ ކަމަށެވެ.

” އަޅުގަނޑުމެން ބޭނުންވަނީ އެތަނަކީ އަތޮޅުގައި އޮތް އެންމެ ރީތި ޕާކުގެ ގޮތުގައި ހެދުމަށް އިތުރަށްވެސް ތަރައްޤީ ކުރަން. އެ ވިސްނުން އެބަހުރި ވަރަށް ބޮޑަށް. އަދި މިހާރު އެތަން ހަދައި ނިމޭ އިރު ހުރި. މައްސަލަ ތައް ވެސް ޙަައްލުކޮށް ވަރަށް ސާފުކޮށް ބަލަހައްޓަން. ނަމަވެސް އެތަން ދުވަހަކު ނިމޭ ތަނެއް ނުފެނޭ. ކޮންމެވެސް ބަޔަކު އައިސް ތަންކޮޅެއް ހަދާފައި ދަނީ. މަގުމަތި އޮންނަނީ އެހާ ހަޑިކޮށް. މި ރަށުގައި ނޯވޭ އެ ނޫނީ އެހާ ހަޑިކޮށް އޮންނަ ތަނެއް ” ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ގައި ނޭޗަަރ ޕާކެއް ގޮތުގައި ސަރުކާރުން ތައްޔާރުން ކުރަމުންދާ ޕާކް ހަދަމުން ދާއިރުވެސް އެތަން އޮންނަނީ އާންމުކޮށް ބޭނުން ގަޑިތަކެއްގައި ވަދެ ނުކުމެ އުޅެވޭ ގޮތަށް ހުޅުވާލާފައެވެ. އެތަން މިހާރު ވަނީ ފެންނަ ފެނުމަށް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. ޕާކަށް ޒިޔާރަތް ކުރަމުންދާ ބައެއް ފަރާތްތަކުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެތަނުގެ ބައެއް ތަންތަން ހަދާފައި ވަނީ ކުޑަކުދިންނަށް އެހާ ރައްކާތެރި ކޮށް ނޫން ކަމުގައެވެ. ދާދި ފަހުން ވެސް އެތަނުގެ ކުޅި ތެރެއަށް ތުއްތު ކުއްޖަކު ވެއްޓުނު ކަމަށް މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

“އެތަން ވަރަށް ރީތި. ޤުދުރަތީ ހިތްގައިމު ކުޅިއެއް އެބައޮތް. ޑިޒައިން ވެސް ވަރަށް ސަޅި. އެކަމަކު އަދިވެސް އިތުރަށް ލައިޓް ތަކާ އެހެނިހެން ތަކެތިން އެތަން ރީތި ކުރެވޭނެ. އަދި ކުޑަކުދިންގެ ރައްކާތެރި ކަމަށް ބަލައި އެ ކުދިންނަށް ރައްކާތެރި ގޮތަކަށް ހަދަން ޖެހޭ މުހިންމު ކަނަކަށް އެބަހުރި. ދެން ބުނަން ބޭނުން ވަނީ. މަސައްކަތް ނިންމާ ކައުންސިލާ ޙަވާލު ނުވެ ދިގުދެމިގެން ދަތާ މާ ދުވަސް ވެއްޖެޔޭ މިހާރު” ފަރެސްމާތޮޑާގެ ފަރެސް އަވަހަށް ނިސަބަތްވާ މީހަކު ބުނެއެވެ.

ފަރެސްމާތޮޑާގެ ނޭޗަރ ޕާކް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ ޕްލޭނިނިންގ މިނިސްޓަްރީންނެވެ. އެތަނުގެ ބޮޑު މިނަކީ 60900 ސްކެއަރ ފޫޓެވެ.

Comment

  1. ތިނަދޫ މީހާ

    އެހެނިހެން ރަށްރަށުގެ ތަރައްގީގެ ޕްރޮޖެކްޓް ތަކަށް ބޭރު ގައުމުތަކުން ދީފައިވާ ހިލޭ އެހީގެ ލޯނުތައް އަސްލަމު އިސްވެ ހުރެގެން ފަރެސް މާތޮޑާގެ ނޭޗަ ޕާކް ތަރައްގީ ކުރުމަށް، ވައްކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން

    • ހަމަހަމަ

      ތީ ކާކު ދެއްކި ވާހަކައެއް؟ ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުން ފިތުނަ ފަސާދަ އުފެދުން ނޫންކަމެއް ނުވާނެ. ތިޔަ ޕާކެއްވެސް ހަދާ ނިމުމުން ހަމައެކަނި އަސްލަމަށްތަ ފައިދާ ކުރާނީ؟ ކައިންސިލްގެ ހިތްވަރެއް ހުރިއްޔާ ތިކަން ވާނެ މާ އަވަހަށްވެސް. ތީ މަސްވެރި، ފައިސާވެރި ރަށެއް.