ރިޕޯޓް
ފަޅުރަށްރަށުން ކާށިހޮވައިގެން، އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ނަޑެއްލާގެ ހިތްވަރުގަދަ ދެމަފިރިއެއް

މިލިޔުން ޚާއްސަ ކުރެވިފައިވަނީ، ގދ. ނަޑެއްލާ، ހިތް ފަސޭހަގެ، އަބްދުލް ކަރީމްގެ ދެމަފިރިންގެ ދިރިއުޅުމަށެވެ. މިލިޔުމަށް މަޢުލޫމާތު ހޯދާފައި ވަނީ އަބްދުލް ކަރީމް ހުވަދޫ ނިއުސްއަށް ދީފައިވާ ޚާއްސަ އިންޓަވިއު އަކަށް ބިނާކޮށެވެ.

އަބްދުލް ކަރީމްގެ ދިރިއުޅުމުން އެނގިގެން ދަނީ، ކިތަންމެ ކުޑަ އާދައިގެ ކަމަކުންވެސް، ދިރިއުޅުމުގައި ކާމިޔާބު ހާޞިލް ކުރެވިދާނެކަމެވެ. ބޭނުންވަނީ ނުގުޑާފަދަ އަޒުމަކާއި ހިތްވަރުކަން މިދެމަފިރިންގެ ދިރިއުޅުމުން އެނގިގެން ދެއެވެ.

ނަޑެއްލާއަށް އާދެވުނުގޮތް:

ގއ. މާމެންދޫއަށް އުފަން ރައްޔިތެއް ކަމުގައިވާ އަބްދުލް ކަރީމަކީ، ތަފާތު އެކި މަސައްކަތްތައް ދަންނަ ހުނަރުވެރި ފަރާތެކެވެ. ނަޑެއްލާއަށް އާދެވުނު ގޮތް ކިޔައި ދެމުން އަބްދުލް ކަރީމް ބުނެފައިވަނީ އޭނާ އަކީ، މާމެންދޫއަށް އުފަން ރާވެރިއެއް ކަމަށެވެ. އަދި އޭނާއަކީ އެދުވަސްވަރުގެ ކުޅަދާނަ ކެޔޮޅެއް ވެސް ކަމުގައެވެ. އެއްރަށުން އަނެއްރަށުން ރާވެރިކަން ކުރަމުން އައިސް ނަޑެއްލާއިން އަބްދުލް ކަރީމަށް ފާތުމަތު އަބްދުﷲ، ހިތްފަސޭހަގެ، ގދ. ނަޑެއްލާ (މިހާރުގެ އަނބިމީހާ) އާއި ބައްދަލުވެއެވެ.

ފާތުމާދީ އާއި ކައިވެނީގެ ގޮތުން ގުޅުން

ހުސްހަށިބައި ފާތުމަ އާއި ބައްދަލުވެ ހިތް ކިޔުމުން، ކާވެންޏަށް އެދި ކުޑަކޮށް އާދޭސް ކުރުމުން، އެއްބަސް ވުމުން، ފާތުމާ އާއި ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފެއްޓުނެވެ. ފާތުމަ އާއި ބައްދަލުވި އިރު، އެއީ، ބައްޕަ މަރުވެ މަންމަވެސް މަރުވެފައިވާ ޔަތީމު ކުއްޖެއްކަމުގައި އަބްދުލްކަރީމް ބުނެފައިވެއެވެ.

މިފަދަ ހާލެއްގައި ހުރި ޔަތީމު ކުއްޖަކާއި ކައިވެންޏެއްކޮށް އަދި އަމިއްލަ އަތުގައި އެއްވެސް އެއްޗެއް ނެތި އުޅެންޖެހުނީ ވަރަށް ދަތިހާލުގައި ކަމުގައި އަބްދުލްކަރީމް ބުނެފައިވެއެވެ. އެފަހަރު ކުރިމަތިވި ރޯދަމަހު ރޯދަ ހިފަން ޖެހުނީ، މީހެއްގެ އަތުން ދަރަންޏަށް ހަނޑޫ ބަސްތާއެއް ނަގައިގެން ކަމުގައި އަބްދުލް ކަރީމް ބުންޏެވެ. އަދި އަންހެނުންގެ ފަރާތުގެ އާއިލާ އުޅުނު ދަތިހާލު ފެނި އެ މީހުންނަސްވެސް ބަހައިގެން ހަޑޫ ބަސްތާ ބޭނުންކޮށް، ދަރަނި އަދާ ނުކުރެވިގެން އުޅެނިކޮށް، ހަނޑޫ ބަސްތާ ދިން މީހާ އެއް ދުވަހު ގެއަށް އައެވެ.

ފުރަތަމަ އާމްދަނީ ލިބެން މެދުވެރިވި ގޮތް

އުދޯލީގައި ޖެހިގެން އިށީދެ އިން ފާތުމާދީ، ސިއްރު ސިއްރުން ކަރީމާގެ ކަންފަތް ދޮށުގައި ބުނިކަމުގައި ވިއެވެ. އެމީހާ އެ އަންނަނީ، ހަނޑޫ ބަސްތާގެ ރުފިޔާ ހޯދާށެވެ. އޭރު ހަނޑޫ ބަސްތާވެސް ހުސްވެ، ލާރި ނުދެއްކި އުޅޭތާ 3 މަސްވަރު ވެއްޖެއެވެ.

ނަމަވެސް، ހީކުރިގޮތާއި ތަފާތުކޮށް، ހަނޑޫ ބަސްތާ ދިން މީހާ ހުށަހެޅީ އޭނަ ގަނެފައިވާ ދޯންޏެއް ދުއްވުމަށް ކެޔޮޅެއްގެ ގޮތުގައި ޙަވާލު ވުމަށެވެ. ފަޅުވެރިން ނުހޯދޭނެ ކަމާއި، ހާލަތު ހުރި ގޮތް ކިޔައިދީ، އަންހެނުންނަށް ދޭނެ ދެގަނޑެތި ވެސް ނެތް ކަމުގައި ބުނުމުން، ފަޅުވެރިން ހޯދައި އަންހެނުންނަށް ދެގަނޑެތި ދީ، އަބްދުލް ކަރީމަށް ދެގަނޑެތި ދިނުމަށް އެއްބަސްވިއެވެ. އަބްދުލް ކަރީމް ބުނެފައިވާ ގޮތުގައި މިއީ މީހަކަށް ނިއުމަތް ދޭން ހުރިނަމަ، ﷲ ތަޢާލާ ދެއްވާނެ ގޮތުގެ އެނގޭ އަލިގަދަ ހެއްކެކެވެ.

ހެޔޮލަފާ މީހެއްގެ އެހީތެރިކަމާއެކު، ރިޔާ ނެގި ދޯންޏަކުން މަސްވެރިކަމުގެ މަސައްކަތް އަބްދުލް ކަރީމްގެ ކެޔޮޅުކަމުގައި ފެއްޓިއެވެ. އަބްދުލް ކަރީމް ބުނެފައިވާ ގޮތުގައި މިއީ ލާރި ލިބެން ފެށި ފުރަތަމަ ގޮތް ކަމުގައެވެ. ދޯނި މަސްވެރިކަން ކޮށްގެން ލިބޭ ހުރިހާ ރުފިޔާއެއް ބެލެހެއްޓީ އަބްދުލް ކަރީމްކަމަށާއި، ފަޅުވެރިންނާއި، ދޯނީގެ ވެރިފަރާތަށް ދޭންޖެހޭ ބައެއް ދީ ހުރިހާކަމެއް ބާރާބަރަށް ކުރަމުން ގެންދެވުނުކަމުގައި އަބްދުލް ކަރީމް ބުންޏެވެ. އެއްވެސް ކަމެއް ނުވެގެން ދަތިވެގެން އުޅޭކަށް ނުޖެހެއެވެ.

ކާށިގެ މަސައްކަތް ފެށުނު ގޮތް

ދުވަސްކޮޅަކަށް މަސްވެރިކަމުގައި އުޅުމަށް ފަހު، ފުވައްމުލަކުގެ އުއްމީދު ބޯޓް ގެނެސްގެން އަބްދުލް ކަރީމް ދުއްވަން ފެއްޓިއެވެ. އަދި ކައިރީގައި އޮތް “ކަޅިހިގިއްލާ” ވަރުވާއަށް ނަގައިގެން ބަލަހައްޓަން ފެއްޓިއެވެ. އަދި ދުވަސްކޮޅެއް ފަހުން ބޯޓުން މާލެ ދަތުރުކޮށް، އިތުރު ފަޅުރަށްތައް ވަރުވާއަށް ނަގައިގެން ބެލެހެއްޓިއެވެ.

އަދި ލިބުނު ތަނަވަސްކަމުން، ރަށުގައި ކޮންމެވެސް ވަރަކަށް އަމިއްލަ ގޭގައި ވިޔަފާރިވެސް ކުރި ކަމުގައި އަބްދުލް ކަރީމް ބުންޏެވެ، މީހުންގެ ފަރާތުން ތަފާތު ގެއްލުންތައް ކުރިމަތިވެ، ގެންގުޅޭ މުދަލާއި ތަކެއްޗަށް ގެއްލުންދީ ވައްކަން ކުރި ނަމަވެސް، ހިތްވަރު ދޫނުކޮށް އަމިއްލަ މަސައްކަތުން ކާމިޔާބު ދިރިއުޅުމެއް ދިރިއުޅެމުން އަންނަ ފަރާތެއް ކަމުގައި އަބްދުލް ކަރީމް ވެފައިވެއެވެ. އަބްދުލް ކަރީމަށް 15 ކުދިން ފާތުމާދީ ވިހާފައިވާއިރު، 13 ކުދިން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ.

އަބްދުލް ކަރީމްގެ މަސައްކަތް

އަބްދުލް ކަރީމްއަކީ ވަރަށް ޚާއްސަ ތަފާތު ޝަރަފްތަކެއް ލިބިފައިވާ ފަރާތެކެވެ. އަބްދުލް ކަރީމް ބުނާގޮތުން ފުރަތަމަ ފަހަރަށް ނަޑެއްލާގައި އިންޖީނުލީ ދޯންޏެއް ދުއްވި ފަރާތަކީވެސް އަބްދުލް ކަރީމް އެވެ. ބޯޓު ފަހަރު، ލޯންޗުފަހަރު، މަސްވެރި ދޯނިފަހަރު ފުރަތަމަ ނަޑެއްލާގައި ދުއްވި ފަރާތްތަކަށް އަބްދުލް ކަރީމް ވެގެންދެއެވެ. ނަޑެއްލާގައި، ލަނޑާ މަސްވެރިކަމަށް، އިންޖީނު އެޅި ޑިންގީއެއް ތައްޔާރުކޮށް، އަމިއްލަ ޑިންގީއެއް ގެންގުޅުނު އެއްފަރާތަށް އަބްދުލް ކަރީމް ވެފައި ވެއެވެ. ނަމަވެސް ލޯންޗު ފަހަރު ގިނަވެ، ލަނޑާ މަސްވެރިކަމުގެ މަސައްކްތް ފެށި ހިސާބުން އެމަސައްކަތް ހުއްޓާލިއެވެ،

އެއްވެސް މަސައްކަތެއް ދޫކޮށްނުލައި، ލަނޑާގެ މަސްވެރިކަމާއި، ކާށި ހޮވައިގެން ސާފުކޮށް ވިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަން ގެންގޮސްފައިވެއެވެ. ލަނޑާ މަސްވެރިކަމުން އެކަނިވެސް މަހެއްގެ މައްޗަށް -/30,000 (ތިރީސް ހާސް) ރުފިޔާ ލިބޭކަމުގައި އަބްދުލް ކަރީމް ބުނެއެވެ. ކާށި ހޮވުމުން ފެށި މަސައްކަތުން އެކަށީގެންވާ ގޮތެއްގައި އާމްދަނީ ލިބި މިވަގުތު ނަޑެއްލާގައި ދުއްވުމަށް 4 ލޯންޗް ތައްޔާރު ކުރެވުމަކީ އަބްދުލް ކަރީމްގެ މަސައްކަތުގެ ނަތިއްޖާއެވެ.

ހުއްޓުމެއް ނެތި ކާށި ހޮވުމުގެ މަސައްކަތް ކުރިޔަށް

އަބްދުލް ކަރީމް ބުނެފައިވާ ގޮތުގައި މިހާރުވެސް ފަޅުރަށްރަށަށް ކާށިހޮވަން ދާކަމުގައި އަބްދުލް ކަރީމް ބުނެއެވެ. އަބްދުލް ކަރީމް ބުނެފައިވާ ގޮތުގައި، އަމިއްލަޔަށް ތައްޔާރުކޮށްފައި ހުންނަ ކަނދުފަތީގެ ބޭނުންކޮށްގެންވެސް ފަޅުރަށަށް ދާ ކަމަށެވެ. އަދި އަބްދުލް ކަރީމްގެ ކޮންމެ ކުއްޖެއްގެ ގާތުގައި ބުނެލެވުމުން، ފަޅުރަށް ގެންގޮސް ލައިދީ އަދި އަނބުރާ ހޯދަން އަންނާނެއެވެ.

އަބްދުލް ކަރީމް ބުނާގޮތުން އާންކުކޮށް މަސައްކަތް ކުރާ ގޮތަކީ، މީހުން ވަރުވާއަށް ނަގާފައި ނުހުންނަ ފަޅު ރަށްރަށަށް ގޮސް، ކާށި އެއްކޮށްގެން ރަށަށް ގެނެސްގެން، ސާފުކޮށް، 10 ވަރަކަށް ބަސްތާ ކާށި ހަމަވުމުން، ވިއްކުމަށް މާލެގެންދަން ތައްޔާރު ކުރެއެވެ. ކުރިން ފަސޭހަކަމާއެކު، އަބްދުލް ކަރީމް މެންނަށް މާލެ އާއި ރަށާއި ދޭތެރޭ ކަނޑުމަގުން ދަތުރު ކުރި ނަމަވެސް މިހާރު ކާށިހިފައިގެން ވިއްކަން މާލެ ނުދެވެއެވެ. ކުރިން މަދުވެގެން މާލެއަށް 1 ދަތުރު ކޮންމެ މަހަކު އަބްދުލް ކަރީމް ކުރިން ކުރެއެވެ.

މިހާރު މާލޭގެ ބާޒާރުގައި ކާށީގެ އަގުތަކަށް ބަލާލާއިރު، ކާށި ގަންނަ އަގު ވަރަށް ބޮޑުތަނުން ދަށް ވެފައި ވާކަން ފާހަގަކުރެވެއެވެ. ކުރިޔާއި މިހާރުގެ ތަފާތަކީ، ބުރަ މަސައްކަތުން ހޯދާ ކާށިކޮޅު، ފާލަމުން ގެއަށް ގެންނަންވެސް، ޕިކަޕް ކުއްޔާއި އެހެނިހެން ޚަރަދު އެކުލެވެއެވެ. މީގެ ސަބަބުން ލިބެންޖެހޭ ފައިދާ ވަރަށް ބޮޑުތަނުން ދަށްވެފައި ވެއެވެ. މިހާރު ބާޒާރުގައި ކާށި ބަސްތާއެއްގެ އަގު -/300 ރުފިޔާގައި ހުރި އިރު، ޕިކަޕްކުއްޔާއި ނާލު ފައިސާ އުނިކޮށްލުމުން ލިބޭ ލާރިކޮޅު ވަރަށް ބޮޑުތަނުން ދަށްވެއެވެ. ނަމަވެސް އެންމެ ގިނައިން ކާށި ވިއްކިއިރު، -/900 ރުފިޔާ އަށްވެސް ކާށި ބަސްތާއެއް ވިއްކާލެވުނު ކަމުގައި ކަރީމްބެ ބުނެއެވެ.

މިހާތަނަށް ވިއްކަން ވެގެން އެންމެ ގިނައިން ފުނުވުނު ކާށީގެ ސްޓޮކް ވިއްކައިގެން -/100000 (އެއް ލައްކަ ރުފިޔާ)، -/125000 (އެއްލައްކަ ފަންސަވީސް) އަދި -/200000 (ދެލައްކަ ރުފިޔާވެސް) އެންމެ ފަހަރަކު މާލެ ދަތުރުތަކުން ކާށި ވިއްކައިގެން ލިބިފައި ވެއެވެ.

ކާށީގެ ވިޔަފާރީގައި ލިބުނު ގެއްލުން

ކާށި ވިއްކަން މާލެ ދެވުނު ދަތުރެއްގައި، ކާށިކޮޅު ވިއްކާލާފައި -/200000 (ދެލައްކަ ރުފިޔާ) ލިބުނު ދަތުރެއްގައި، މާލޭ މަގުމަތިން ގްރޫޕެއްގެ ބަޔަކު ވަޅި ހިފައިގެން އައިސް މަރާލާނެކަމަށް ބުނެ ބިރުދައްކާ، ގެންގުޅުނު ދަބަހުގައި ހުރި ލާރިކޮޅު ފޭރިގެން ދިޔައެވެ. މިދަތުރުން ކާށި ވިއްކައިގެން ލިބުނު ލާރީގެ ތެރެއިން މީހަކާއި ޙަވާލުކޮށްފައި ހުރި -/10000 (ދިހަ ހާސް ރުފިޔާ) ނޫން އެހެން ލާރިއެއް އަނބުރާ ނުލިބުނު ކަމުގައި އަބްދުލް ކަރީމް ބުނެއެވެ. މައްސަލަ ފުލުހަށް ހުށަހެޅުނު ނަމަވެސް މިއަދާހަމަޔަށްވެސް، އެމައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުވަތަ ފައިސާއެއްވެސް ނުލިބުނެވެ.

ނަމަވެސް ލިބުނު ގެއްލުމަކަށް ބެލުމެއް ނެތި ހަމަ މަސައްކަތަށް އެބުރި އަބްދުލް ކަރީމް ފެށިއެވެ. ޖެހިގެން އައި ދަތުރުގައިވެސް 180 ބަސްތާ ކާށި މާލެ ގެންގޮސް ވިއްކައި، އަބްދުލް ކަރީމްގެ ހިތްވަރުން މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ކުދިން ވަކިވަރަކަށް ބޮޑުވުމުން، މިމަސައްކަތުގައި ކުދިންގެ އެހީތެރިކަން ލިބުނެވެ. އަދި ހަމަ ކާށީގެ ވިޔަފާރިގައި އަބްދުލް ކަރީމް ކުރިއެރުން ހޯދަމުން ގެންދިޔައެވެ.

މިހާރުވެސް ކާށި ހޮވަން ފަޅުރަށް ރަށަށް ދެމަފިރިން ދޭ

ކާށި ހޮވުމުގައި އަބްދުލް ކަރީމްއަކަށް އަނބިމީހާ ދޫކޮށް ނުލައެވެ. އަބްދުލް ކަރީމް ބުނެފައިވާގޮތުގައި، ކާށި ހޮވުމުގެ މަސައްކަތަށް އޭނަޔަށް ވުރެ މިހާރުވެސް ފާތުމަ މާބޮޑަށް ފަރިތަ ވާނެ ކަމަށެވެ. އާންމުކޮށް ނަގާ ކާއްޓަކީ، ރުކުން ހިކިގެން ވެއްޓިފައި  ރުއްބުޑުގައި ހުންނަ ކާއްޓެވެ. ނަމަވެސް މިއުމުރުގައިވެސް، އަދިވެސް ރުކަށް އަރައި ކާށި އަޅާކަމަށް އަބްދުލް ކަރީމް ބުނެއެވެ. އަބްދުލް ކަރީމް ބުނެފައިވާ ގޮތުގައި އޭނަ އެންމެ ގަދަޔަށް ކާށީގެ ވިޔަފާރި ކުރި އިރު، ނަޑެއްލާ ކައިރީގައި އޮންނަ “ކަޅި ހިގިއްލާ” އޭނަ ބެލެހެއްޓި އިރު، ދުވާލެއްގެ މައްޗަށް 180 ނުވަތަ 200 ރުކަށް އޭނާ އަރައެވެ. މިއީ މީހަކަށް ޤަބޫލުކުރަން ދަތި އަދަދެއްގެ ގޮތުގައި ފާހަގަކުރެވުނަސް، މިއީ ތެދެއްކަން އޭނަ ބުނެއެވެ.

އަބްދުލް ކަރީމްގެ ދެމަފިރިންނަކީ، މިއަދުވެސް ހިތްވަރާއެކު ދިރިއުޅުމުގައި އަތުންފައިން މަސައްކަތް ކޮށްގެން ފަޅުރަށްރަށުން ކާށި ހޮވައިގެން ވިއްކައިގެން ދިރިއުޅުމުގެ ހުރިހާ ބޭނުމެއް ފުއްދަމުން އަންނަ ހިތްވަރުގަދަ ނަމޫނާ ދެމަފިރިންނެވެ. މިހާރު އަބްދުލް ކަރިމްގެ ދަރިންތައް ބޮޑެތިވެފައިވާ އިރު، އަބްދުލް ކަރީމްގެ ދެމަފިރިންނަކީ ދިރިއުޅުމުގައި ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިރިއުޅުން ކާމިޔާބު ކުރުމަށް ބޭނުންވަނީ ނުގުނޑާފަދަ އަޒުމަކާއި ހިތްވަރެއްކަން، އަބްދުލް ކަރީމްގެ ދިރިއުޅުމުން ލިބޭ އިބްރަތުން އެނގިގެން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!