ޚަބަރު
އުރީދޫގެ މޫލީން ވިޔަފާރިކޮށްގެން ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓެއް ހިލޭ

އުރީދޫގެ މޫލީއިން ވިޔަފާރިކޮށްގެން ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބަލާލަން ހިލޭ ޓިކެޓެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނާގޮތުގައި މިދުވަސްވަރު މޫލީއިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ޓިކެޓެއް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި އެފަރާތަކުން ބޭނުންވާ މެޗެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ބޭނުންވާ މެޗަކަށް ޓިކެޓް ލިބޭނެކަމަށް އުރީދުން ވަނީ ހާމަކޮށްފައެވެ.

މިއޮފާރގެ ދަށުން މެޗް އޮންނަ ކޮންމެ ދުވަހަކު ގުރުއަތު ނަގާނެއެވެ. އެގޮތުން ބަލާލާއިރު ދެން އެންމެ އަވަހަށް ސާފްޗެމްޕިއަންޝިޕްގެ މެޗެއް އޮންނާނީ މިމަހު 7 ވަނަ ދުވަހުގައެވެ. އެދުވަހު ހަވީރު ކުޅެން ހަމަޖެހިފައިވަނީ އިންޑިޔާ އަދި ސްރީ ލަންކާއެވެ. އެދުވަހުގެ ރޭ ރާއްޖެއާ ބަންގްލަދޭޝް ކުޅޭ މެޗްވެސް ވަނީ ތާވަލްކުރެވިފައެވެ.

މީގެކުރިންވެސް އުރީދޫއިންވަނީ ސާފްޗެމްޕިއަންޝިޕްގެ މެޗްތަކާއި ގުޅުވައިގެން މިކަހަލަ ފުރުސަތުތައް ހުޅުވާލާފައެވެ. އެގޮތުން ސާފްޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ބަލާލުމަށް ދެފަރާތަކަށް ހިލޭ ޓިކެޓް ވަނީ ދީފައެވެ. އުރީދޫގެ ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯ އިން ފެންނަ ބޯޅަ، އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯއާ ދިމާވުމުން ސްކީރީންޝޮޓެއް ނަގާ، އިންސްޓަގްރާމް، ޓްވިޓާ ނުވަތަ ފޭސްބުކް މެދުވެރިކޮށް، ހޭޝްޓެގް އުރީދޫ ސާފް ޗެމްޕިއަންޝިމް ޖެހުމަށް ފަހު ސްކްރީންޝޮޓެއް ނަގާ އުރީދޫއަށް ފެންނާނެހެން ޕަބްލިކްކޮށް ފޮޓޯ ލާފައި ޕޯސްޓުކުރުމުން ދެފަރާތަކަށް ހިލޭ ޓިކެޓް ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!