ޚަބަރު
ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ސަލާމަތް ކޮށްފި

ފަސް މީހުންނާއެކު ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ 60 ފޫޓްގެ ސަޕްލައި ދޯންޏެއް އަޑިއަށްގޮސް ކަޑުވި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަން އިން ސަލާމަތް ކޮށްފިއެވެ،

އެމްއެންޑީއެފް އިން ވިދާޅުވީ ޅ.އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުން މިދޯނި އަޑިއަށް ގޮސްފައިވާ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފި ކަމަށެވެ. ދޯނީގައި ތިބި ފަސް މީހުން ނުފެންނަ ކަމަށް 08:41 ގައި އެމްއެންޑީއެފް އިން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ފަހު 08:45 ގައި ވިދާޅުވީ ދޯނިން ދަތުރުކުރި ފަސް މީހުން ވެސް ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ރިޕޯރޓް ކޮށްފައި ވެއެވެ.

ކަނޑުވި ފަސް މީހުން ފެނުނުއިރު އެމީހުންގެ ހާލު ރަނގަޅެވެ. ފަސް މީހުން ގޮވައިގެން ކޯސްޓްގާޑްގެ އުޅަނދެއް މިހާރު ކާށިދޫއަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި ހާދިސާގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 05:59 ހާއިރު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!