ޚަބަރު
އެހެން ދާއިރާތަކާއި ތަފާތުކުރުމެއްނެތި މަޑަވެލި ދާއިރާއަށް ޕްލޭންކޮށް، ބަޖެޓް ކުރެވިފައިވާ މަސައްކަތްތައް އަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލަން- ފިރުޝާން

ސަރުކާރުން ދާއިރާތަކަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަކުގެ ތެރެއިން މަޑަވެލި ދާއިރާގައި ހިންގުމަށް ޕްލޭން ކުރެވި، އެކަންކަމަށް ބަޖެޓު ކުރެވިފައިވާ މަސައްކަތްތައް އެހެން ދާއިރާތަކާ ތަފާތުނުކޮށް ވީއެންމެ އަވަހަކަށް މަސައްކަތްތައް ފެށުމަށް މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިހެން ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަނޑައެޅިފައި އޮންނަ ވަގުތަށް ނުނިމި ލަސްވާނަމަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު  އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން ހުވަދޫ ނިއުސް ގައި ޖަހާފައިވާ ހަބަރަށް ޓުވިޓާގައި ރައްދުދެމުންނެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ، ސަރުކާރުން މަޑަވެލި ދާއިރާގައި ހިންގުމަށް ޕްލޭންކޮށް ބަޖެޓު ކުރެވިފައިވާ ގިނަ ޕްރޮޖެކްޓް ތަކެއް ހުއްޓިފައިވާ ކަމަށާއި، މަޑަވެލި ދާއިރާގައި ސަރުކާރުން ހިންގުމަށް ނިންމައި ބަޖެޓު ކުރެވިފައިވާ ޕްރޮޖެކްޓް ތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ ދާއިރާގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

“މަޑަވެލި ދާއިރާގައި މިވަގުތުވެސް 8 ވަރަކަށް ޕްރޮޖެކްޓް ބަޖެޓު ކުރެވިފައި އެބަހުރި. ޕްރޮޖެކްޓް ތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދަނީ މަސައްކަތްތައް އެވޯޑު ނުކުރެވި ލަސްވާތީ. ދާއިރާގެ ރައްޔިތުން ބޭނުންވޭ ވީހާވެސް އަވަހަކަށް މަޑަވެލި ދާއިރާއަށް ސަރުކާރުން ކޮށްދެއްވުމަށް ނިންމާފައިާ ޕްރޮޖެކްޓްތައް އަވަހަށް ފަށަން.” މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ، ސަރުކާރުން މިވަގުތު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުން ގެންދާ އެންމެ ބޮޑު މަޝްރޫއުގެ ތެރެއިން މަޑަވެލި ދާއިރާގެ ނަޑެއްލާގައި ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ނަރުދަމާ ނިޒާމުގެ މަސައްކަތް ނުނިމި ލަސްވަމުންދަނީ މަސައްކަތުގެ ބަޖެޓު ކަނޑައެޅިފައިވީ ނަމަވެސް އެމަސައްކަތް ބަޔަކާ ހަވާލުނުކޮށްގެން ކަމަށާއި، އެކަމަކީ ނަޑެއްލާ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

މަޑަވެލި ދާއިރާގައި ސަރުކާރުން މިހާރު ބަޖެޓު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ މަސައްކަތާއި، މަޑަވެލީގައި ބިންހިއްކުމުގެ މަސައްކަތް، ނަޑެއްލާ ގިރާ ސަރަހައްދު ހިމާޔަތްކުރުން، ހޯނޑެއްދޫ ސްކޫލްގެ އައިސީޓީ ރޫމް އަދި ލެބޯޓަރީގެ މަސައްކަތް، ވީއެންމެ އަވަހަކަށް ފެށޭނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

އޭގެ އިތުރުން މަޑަވެލި ހޯނޑެއްދޫ ކަރަންޓުގެ ނިޒާމް އެއް އިންޖީނުގެއަކަށް ބަދަލުކުރުމަށް ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމަކީ ވީއެންމެ އަވަހަކަށް ކުރަން ޖެހޭ ކަމެއް ކަމަށްބުނެ ފިރުޝާން ވިދާޅުވީ، އެމަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރެވިފައިވާ އިރު އެމަސައްކަތް ނުކުރެވި ލަސްވާން ޖެހޭ ސަބަބެއް ނުފެންނަކަމަށެވެ. އަދި ވީއެންމެ އަވަހަކަށް މިމަސައްކަތް ފެށުމަށް ގޮވާލާކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މަޑަވެލީގައި އައިސްޕްލާންޓެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދު ވެފައިވީނަމަވެސް، އަދި މިހާތަނަށް އައިސްޕްލާންޓްގެ މަސައްކަތް ބަޖެޓު ކުރެވިފައިނުވާ ކަމަށާއި، ވީއެންމެ އަވަހަކަށް އެމަސައްކަތް ބަޖެޓު ކުރެވި މަޑަވެލީގައި އައިސްޕްލާންޓްގެ އަމަލީ މަސައްކަތް ފެށުމަށް ގޮވާލާ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

  1. ބޭބެ

    ވަރިހަމަތޯ ކޮރަޕްޝަން އެކުލެވޭ ގޮތަށް ވަކިމީހަކަށް ފައިދާވާގޮތަށް ބައިވެސް އެޅޭގޮތަށް ފުރަތަމަ އިވެލުއޭޝަނުން ނޮހޮވުމުން 2 ވަނަފަހަރަށް ބިޑުކޮމެޓީ އެއްކކޮށް އަލުން އިވެލުއޭޓްކޮށް ވަކިފަރާތަކަށްދޭން ނިންމީ ސަރުކާރަށް ފައިދާވާނެެ އޮިތްކިަމެގގަަ