ޚަބަރު
ނައިބު ރައީސް ހާލުދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ހާލު ކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފަނުގެ ހާލުކޮޅު އެހާ ސީރިޔަސް ނޫން ކަމަށެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ނައިބް ރައީސްގެ ހާލުކޮޅު މިހާރު ސްޓޭބަލް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ބައްޔާމެދު އެއްވެސް އެއްޗެއް އިތުރަށް ވިދާޅުވެފައިނުވެއެވެ. މިއަހަރު ފެބްރުއަރީމަހުގައިވެސް އެމަނިކުފާނު ހާލުދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!