ކޮލަމް
ޑިޕްރެޝަން ކުރިމަތިވެފައިވާކަން އަމިއްލަޔަށް ދެނެގަންނާނެ ގޮތްތައް

ޑިޕްރެޝަނަކީ، އެއްގޮތަކަށް ބައްޔެއްގެ ގޮތުގައި އެންމެނަށް ކުރިމަތިވާކަމެއްގެ ގޮތުގައި ގިނަމީހުން ދެކެއެވެ. ނަމަވެސް ޑިޕްރެޝަނަކީ، އެއްގޮތަކަށްވެސް ތަޙައްމަލުކުރާ އެންމެންނަށް އެއްގޮތަކަށް، ކަންތައް ކުރިމަތިނުވެއެވެ.

ޑިޕްރެޝަން ތަޙައްމަލުކުރާ މީހުން ތަފާތުގޮތްގޮތަށް ޑިޕްރެޝަން ތަޙައްމަލްކޮށް، ޑިޕްރެޝަނުގެ ޝިކާރައަކަށް ވެގެން ދެއެވެ. ޑިޕްރެޝަނުގެ ތަފާތު ވައްތައްރުތައް އެކުލެވޭއިރު، ބައެއް ޙާލަތުގައި، ޑިޕްރެޝަން ތަޙައްމަލުކުރާ ފަރާތްތަކަށް ޚުދު، މިފަދަ ކަމެއް ދިމާވެފައިވާކަން ނޭނގުމަކީ، އޭގެ ނުރައްކާ އިތުރުވެ، ޑިޕްރެޝަނުން އަރައިގަންނަން އުދަނގޫވެ، އަމިއްލަ ފުރާނަޔަށްވެސް ބައެއް ޙާލަތްތަކުގައި ނުރައްކާވެދާ ކަމެކެވެ.

އަހަރެއްގެ ތެރޭގައި އެތަށް މިލިޔަން މީހުން ޑިޕްރެޝަންގެ ޝިކާރައަކަށްވެގެން ދެއެވެ. ނަމަވެސް ހިތާމަޔާއެކު ދެންނެވޭނީ، ޑިޕްރެޝަން ކުރިމަތިވާ ކޮންމެ މީހަކީ، އެއްވެސް ވަރެއްގެ އެހީތެރިކަމުގެ އަތެއް ނުފޯރުވޭ މީހުންނެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ޚުދު އަމިއްލަޔަށްވެސް، އެފަދަ ކަމެއް ކުރިމަތިވެފައިވާކަން ނޭނގޭ މީހުންނެވެ. ނަތީއްޖާއަކަށް ވެގެން ދަނީ، ޑިޕްރެޝަނުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވެފައިވާ ތަކުލީފްތަށް ދުވަހެއް ދުވަހަކަށް ބޮޑުވެގެން ދިޔުން ހިމެނެއެވެ. މިފަދަ އިޙްސާސެއް ކުރެވޭކަމަށް ޝައްކުވާ ހިސާބުން ވެސް އެހެން ފަރާތެއްގެ އެހީތެރިކަން ހޯދައި، ކަންތައްތައް އޮއްބާލައި، އެކަނި ތަޙައްމަލުކުރުމުގެ ބަދަލުގައި، އެކުވެރިއެއް ނުވަތަ އިތުބާރު ކުރެވޭ ފަރާތެއްގެ ކައިރީގައި ކަންކަން ހިއްސާކުރާށެވެ. ތިބާއަށް އުދަނގުލެއް ނުވަތަ ނުތަނަވަސްކަމެއް ކުރުވާ ކޮންމެ ކަމަކީ އަނިޔާއެކެވެ. އަނިޔާގެ ކުޑަމިންވަރެއް ބޮޑު މިންވަރެއް ބެލުމެއް ނެތެވެ. އަނިޔާ އެއް އެކަނި ތަހައްމަލު ކުރާ ފަރާތަކަށް ތިބާ ނުވާށެވެ. މިލިޔުމުގައި، ޑިޕްރެޝަން އަމިއްލަ ތަޙައްމަލު ކުރެވިދާނެ ބައެއް ގޮތްތަކުގެ ވާހަކަ ހިމަނާލަމެވެ.

އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދަށްވުން:

ޑިޕްރެޝަން ތަޙައްމަލުކުރާ މީހެއްގެ ސެލްފް ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފުސަށްކުރާ އިތުބާރު، ދުވަހެއް ދުވަހަކަށް ދަށްވެ ވަރަށް ބޮޑަށް މީހާގެ އާދަތަކަށް ބަދަލު އާދެއެެވެ. އެފަދަ ފަރާތެއްގެ ސިކުނޑި، ތަފާތު ވިސްނުންތަކުން ފުރާލައި، އަމިއްލަޔަށް ދަށް، އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި ދެކޭނެއެވެ.

ވަރުބަލިވެ، ކަންކަމުގައި ގޮތް ހުސްވެފައިވާ ފަދަ އިޙްސާސް ކުރެވުން:

އެއްވެސް ކަމެއް ކުރަން ބޭނުން ނުވުމާއިއެކު، ކިތަންމެ ވަރަކަށް އަރާމު ކުރިކަމުގައި ވީނަމަވެސް، އަބަދުވެސް ވަރުބަލިވެފައި ހުރެވޭނެއެވެ. އަދި މިކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރެވުނު ނަމަވެސް އެއްވެސް ބަދަލެއް ނައުން ހިމެނެއެވެ.

ކުރާ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުވަތަ އަރާމެއް ނުލިބުން:

ކުރިން ކުރުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބުން ހިމެނެއެވެ. ކުރިން ގަޔާވާ، ފަރާތްތަކާއި، އެކުގައި އުޅުމުން ހިންހަމަ ޖެހުން އަންނަ މީހުންގެ ފަރާތުން އެއްވެސް އުފަލެއް ހިތްހަމަޖެހުން ނުލިބުމަކީ ޑިޕްރެޝަން ކުރިމަތިވެފައިވާކަމުގެ ނިޝާނެކެވެ. ހާލަތު އިތުރަށް ގޯސްވުމުން، ހިތްހަމަޖެހޭ ނުވަތަ އުފާވާ އެއްވެސް ކަމެއް ކުރިމަތި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތި ކަންކަމާއި އަބަދު ވިސްނުން:

ޑިޕްރެޝަން ކުރިމަތިވުމުން ބައެއް ހާލަތުގައި ދިރިއުޅުމުގައި ކުރިމަތިވެފއިވާ ހިތްދަތި ކަންތައްތަކާއި، އަދި ދިރިއުޅުމުގައި، ތަފާތު ކަންކަމުގައި އަމިއްލަޔަށް ހެދިފައިވާ ގޮސްތަކާއި ދޭތެރޭ ތާ އަބަދު ވިސްނި، ތާ އަބަދު ހިތާމައިގެ ފުން ކަނޑަކަށް ޣަރަގުވެފައި ހުރެވުމަކީ، ޑިޕްރެޝަން ކުރިމަތިވެފައިވާ ކަމުގެ އަލާމާތެކެވެ. މިފަދަ ކަންތައްތަކަކީ، ފުރަތަމަ ކޮޅުގައި ކޮންމެވެސް މިންވަރަކަށް ކުރިމަތިވާ ކަމެއް ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުވާ ނުހޯދިއްޖެ ނަމަ، ޑިޕްރެޝަންގެ ފަހު ސްޓޭޖްތަކުގައި، މުޅި އުމުރި މިފަދަ ހިތްދަތި އިޙްސާސެއްގައި މީހާ އުޅެންޖެހިދެއެވެ.

އަބަދުހެން ނިދަން ބޭނުންވުން ނޫންނަމަ އެއްގޮތަކަށްވެސް ނުނިދުން:

ޑިޕްރެޝަންގައި މިކަންތައް އެކި މީހުންނަށް ދިމާވަނީ ތަފާތުކޮށެވެ. ބައެއް މީހުން ޑިޕްރެޝަނަށް ދިޔުމުން އަބަދުހެން ނިދަން ބޭނުންވުން ފަދަ ކަންތައް ކުރިމަތިވާއިރު، ބައެއް މީހުންނަށް ޑިޕްރެޝަން މައްސަލަ ދިމާވުމުން، އެއްވެސް ގޮތަކަށް ނުނިދެއެވެ. މިފަދަ އިޙްސާސްތަކެއް ކުރިމަތިވާނަމަ، އެއީ ޑިޕްރެޝަންގެ އަލާމާތެކެވެ.

އަބަދުވެސް މޫޑު ގޯސްވެ، ނުތަނަވަސް ވެފައި ހުރުން:

މޫޑު އެއްވެސް ގޮތަކަށް ރަނގަޅުނުވެ، ކަންކަމާއި ތާއަބަދު ފޫހިވެފައި ހުރެވުމަކީވެސް ޑިޕްރެޝަންުގެ އަލާމާތެކެވެ. ގިނަފަހަރަށް ހުރިހާ ކަމަކުންވެސް ނުތަނަވަސްކަން ގެނުވައި ފަސޭހައިން ރޮވޭނެއެވެ. ތަފާތު ހާލަތްތަކުގައި، މޫޑު ގޯސްވެ ވަށިގެންވާ މީހުންނަށް އަސަރު ކުރާ މިންވަރަށް ޑިޕްރެޝަނުގެ ސަބަބުން ނުތަނަވަސްކަން ކުރިމަތި ވެދާނެއެވެ.

ބަރުދަނަށް ކުއްލި ބޮޑު ބަދަލުތަކެއް އައުން:

ޑިޕްރެޝަންގެ ސަބަބުން ކެއުުގެ އާދަތަކަށް ބޮޑު ބަދަލެއް އާދެއެވެ. މިގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި، މާގިނައިން ކެވުން، ނޫނީ އެއްގޮތަކަށްވެސް ކާހިތް ނުވުން ހިމެނެއެވެ. ކެއުމުގެ އާދަޔަށް އަންނަ މިފަދަ ތަފާތު ބަދަލުތަކުގެ ސަބަބުން އާދަޔާ ޚިލާފަށް ބަރުދަން އިތުރުވެ ނުވަތަ އާދަޔާ ޚިލާފަށް ބަރުދަން ދަށްވެގެންދެއެވެ. މިއީ ޑިޕްރެޝަންގެ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ފުރަތަމަ ސިގްނަލެވެ.

ކިޔާދޭން ނޭނގޭ ތަދާއި ވޭން އިޙްސާސް ކުރެވުމާއި، އަމިއްލަ ހަށިގަނޑަށް އަނިޔާ ދިނުން:

ޑިޕްރެޝަން ވަކި ސްޓޭޖަކަށް ދިޔުމުން، ހަށިގަނޑުގައި ތަފާތު ވޭނާއި ތަނދު އިޙްސާސް ކުރެވޭނެއެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ގަސްތުގައި ނޫނަސް ދެވޭނަމަ، އަދި ޑިޕްރެޝަންގެ ސަބަބުން މިފަދަ ކަމެއް ތަޙައްމަލުކުރުން ޖެހޭނަމަ އަޅާނުލައި ދޫކޮށްނުލާށެވެ. ޑިޕްރެޝަންގެ މިފަދަ ވައްތަރެއް ތަޙައްމަލުކުރާ ފަރާތްތަކަށް، އަބަދުވެސް ކޮންމެވެސްވަރެއްގެ ތަނދާއި ވޭން ހަށިގަނޑުން އިޙްސާސް ކުރެވޭނެއެވެ. މިފަދަ އާންމު ތަނދުތަކުގެ ތެރޭގައި، މައިބަދަިގައި ރިއްސުން ނުވަތަ ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ.

ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ދިޔުމަކީ މީހާގެ ދިރިއުޅުމަށް އެޅިގެންދާ ވަރަށް ބޮޑު ނުރައްކާތެރި ގެއްލުމެކެވެ. ޑިޕްރެޝަނަކީ ތަފާތު ވައްތަރު އެކުލެވޭއިރު، ޑިޕްރެޝަން ފަދަ ނުރައްކަލަކަށް މީހާ ހުށަހެޅިގެންދާއިރު، އެއްވެސް ގޮތަކަށް ކަމެއް ހިނގާކަން ނޭނގުމަކީ، ވަރަށް ބޮޑަށް ހިތާމަހުރި ކަމެކެވެ. ޑިޕްރެޝަންއަކީ ކޮބައިކަން ދަނެގަނެ، ޑިޕްރެޝަނަށް ތިބާގެ އަމިއްލަ ނަފުސު ހުށަހެޅިގެން ދިޔުމުގެ ކުރިން، ރައްކާތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!