ޚަބަރު
ފަރެސްމާތޮޑާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ފަރެސްމާތޮޑާ ޒުވާނުންގެ މަރުކަޒު ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު ގެ ނައިބު މުހައްމަދު ނާސިހު ރަޝީދު ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޕިއުޓީ މިނިސްޓަރ ނާސިހު ވިދާޅުވީ ފަރެސްމާތޮޑާ ގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މަރުކަޒު ގެ މަސައްކަތް ނުފެށި ލަސްވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓް އުނި ކުރުމުގެ ސަބަބުންން ކަމަށާއި އަންނަ އަހަރުގެ ބަޖެޓްގަެއި ހިމެނިގެން އެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ.
ޑެޕިއުޕިއުޓީ މިނިސްޓަރ ނާސިހު އިތުރަށް ވިދާޅުވީ ބަޖެޓާމެދު ވަރަށްބޮޑު އުންމީދު އެބަ އޮތް ކަމަށާއި ބަޖެޓް ލިއުމާއި އެކު ލަސްނުކޮށް ފަރެސްމާތޮޑާ ގައި ފަހުގެ މަރުކަޒެއް ޤާއިމް ކުރެއްވުމަކީ މިނިސްޓަރ މަހުލޫފްގެ ވެސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

” މި އަހަރު އެ މަސައްކަތް ވާގޮތެއް އަދި ނެތް. އަންނަ އަހަރަށއ ބަޖެޓް ކުރެވޭތޯ މި ބަލަނީ. އަދި ޔަޤީންވާނީ މަޖްލިހުން ފާސް ވުމުން” ޔޫތު މިނިސްޓަރ ގެ ނައިބު ވިދާޅުވިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ނާއިބު ރައީސް ނަސްރަﷲ މުހައްމަދު ވިދާޅުވީ ފަރެސްމާތޮޑާގެ ޒުވާނުންނަށް ޚާއްސަ މަރުކަޒެއް ނެތުމުން ޒުވާނުން ތިބީ ހިތްހަމަނުޖެހިކަމަށާއި އެހެން ރަށް ތައް ވެސް ފަދައިން ފަރެސްމާތޮޑާގައިވެސް ޔޫތު ސެންޓަރެއް ހުންނަން ޖެހޭ ކަމަށެވެ.

” މީގެ 2 އަހަރު ކުރިން ޒުވާނުންގެ މަރުކަޒު އެޅުމަށް މިނިސްޓްރީން ބޭނުންފުޅުވި ހިސާބުން ބޭނުންފުޅުވި ވަރުގެ ބިމެއް ދިން. މިނިސްޓްރީގެ ޚަބަރެއް ނުވެ އަހަރަށް ވުރެ ދިގު މުއްދަތެއްވުމުން އެ ބިން ކެންސަލް ކުރީ. އަނެކަކާ މިހާރު ވާނީ ބިމެއް އެކަމަށް ހަމަޖައްސާފަ. އުއްމީދަކީ ޒުވާނުނުންނަށް ގިނަ ޚިދުމަތްތަކާ ކުޅިވަރު ކުޅެވޭނެ ތަނެއް ވީހާވެސް އަވަހަށް ލިބުން” ނާއިބު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އަކީ ޒުވާނުން ގިނަ އަދި ކުޅިވަރަށް އިސްކަންދޭ ރަށެކެވެ.
ފަރެސްމާތޮޑާ ކައުންސިލުންވަނީ 20000 އަކަފޫޓުގެ ބިމެއް އެރަށުގެ ޒުވާނުންނަށް މަރުކަޒެއް ހެދުމަށް ކަނޑައަޅާފައެވެ.

  1. ބިސްބުރު

    ކަލޭމެން ޔާމިން ދައުރުގައި ތިބީ ނިންދަވާފަ ދޯކަލޯ