ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ގޭގައި އަލިފާން ރޯކޮށްލުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އަސްލަމްގެ އަނބިކަނބަލުން އައްޑޫގައި ދިރިއުޅުއްވާ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ، އެގޭގެ ދޮރުތަކަށް ތެޔޮ އެޅުމަށްފަހުއެވެ. ނަމަވެސް އެވަގުތު ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އަލިފާންގަނޑު ވަނީ ނިވިފައެވެ.
MP @HithadhooNazil adhi thibeylhaa kithanme gangster viyas, kithanme gadhayah hakuru vikiyas aharen thibeylhaa dheke kudakoh ves jehilumeh nuvey. MP @aslamdp aai jehunu massala ehga thibeylhaa aharen hadhaafa huri, aharenge geyeh ga roakohlan thi ulhuny. @M_Hameedh 🤓 pic.twitter.com/4ZHY9a2kNs
— Zahid Rameez (@xahidcreator) October 6, 2021
މެމްބަރު އަސްލަމްގެ ގޭގައި ރޭގެ ވަގުތެއްގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ، ހިތަދު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށްބުނާ މައްސަލައެއްް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.