ޚަބަރު
ޤައުމީ ދުވަހު އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހު އިސްތިއުފާދެއްވުން: އަދުރޭ

މާދަމާ ރާއްޖޭގައި ފާހަނގަކުރާ ޤައުމީ ދުވަހާ ދިމާކޮށް އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މިސަރުކާރުން ވަނީ ރާއްޖޭގެ ޤައުމިއްޔަތު ފުނޑާލާ އަދި މިނިވަންކަން ވިއްކާލާފައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤައުމީ ދުވަސް ކަމަށްވާ ރަބީއުލްއައްވަލް މަހު 1 ވަނަ ދުވަހު އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވި ގޮތުގައި މާދަމާއަކީ އުތީމު މުހައްމަދު ތަކުރުފާނު ދިވެހި ގައުމަށްޓަކައި ޖިހާދު ކުރައްވާ، ވަރަށް ވަރުގަދަ އިސްތިއުމާރީ ބާރެއްގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސްކަމަށް ވާތީ މިފަދަ އުފާވެރި ދުވަހެއްގައި ޤައުމުގެ ޣައްދާރުން ޤައުމާ މުހާތަބުކޮށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ ޤައުމީ ދުވަހާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުހާތަބުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަން ނިންމާފައިވަނިކޮށެވެ.

މިސަރުކާރުން ދީނަށް ފުރައްސާރަކުރާ މީހުންނަށް ތާއީދުކުރާކަމަށް ތުހުމަތުކުރަމުން އަދުރޭ ވިދާޅުވީ ދީނަށް ފުރައްސާރަ ކޮށްފިއްޔާ މިސަރުކާރުން އެމީހަކާ މެދު ދެކެނީ ނުކުޅެދޭ މީހެއް ނުވަތަ މަސްތުގެ ހާލުގައި ހުރި މީހެއް ނުވަތަ ބުއްދި ހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި ކަމަށާއި މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އަދުރޭ ފަހަނގަކުރެއްވި ގޮތުގައި މިސަރުކާރުގައި ދިވެހި ރައްޔިތުން ވަނީ އަޅުވެތިކޮށް ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ގައުމީ ދުވަހު ރައީސް ސޯލިހަށް ކޮށްދެވޭނެ އެންމެ ރަނގަޅު އަނެއް ކަމަކީ މިފަހުގެ ތާރީހުގައި ދިވެހި ގައުމިއްޔަތު ދިރުވާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމަށްޓަކައި އުތުރު ތިލަފަޅު ވަކި ބަޔަކަށް ދިނުމަށް ސިއްރުން އެކުލަވާލާފައިވާ އެއްބަސްވުން ވަގުތުން ބާތިލްކޮށް އުތުރު ތިލަފަޅު ދިވެހި ސިފައިންނާ ހަވާލުކުރުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!