މަޢުލޫމާތު
ދަރިންގެ ކިބައިން ދަސްކުރެވިދާނެ ބައެއް މުހިންމު ފިލާވަޅުތަކެއް

ބައެއް އަންހެނުންނަކީ ޅައުމުރުގައި މަޔަކަށް ވުމުގެ ހުވަފެން ގެންޅޭ ބަޔެކެވެ. އަދި މިފަދަ ފަރާތްތަށް އަމިއްލަ ދަރިޔަކު ލިބިއްޖެނަމަ، ގެންގުޅޭނެ ގޮތާއި، ތަރުބިއްޔަތު ކުރާނެ ގޮތްތައް ސިކުނޑީގައި ރާވާލާފައި ހުރެއެވެ. ނަމަވެސް މިފަދަ މައިންނަށްވެސް ލިބޭ ދަރިންގެ ކިބައިން ދިރިއުޅުމާއި ގުޅޭ މުހިންމު ކަންތައްތަކެއް ދަސްކުރެވިދާނެކަމަށް ނުވިސްނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންނަކީ، މަންމަޔަކަށް ވުމުން ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި، ނަގަންޖެހޭ ޒިންމާތަށް މާބޮޑަށް އެނގިގެން ތައްޔާރުވެގެން ދަރިން ހޯދާ ބައެއް ނޫނެވެ. ދަރިން ލިބި ދަރިން ބަލައި ބޮޑުކޮށް ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ އަދާކުރުމުގައި، ދަރިންނަށް ރިވެތި އަޚްލާޤް، ހޮޔޮގޮތާއި ނުބައިގޮތް ދަސްކޮށްދިނުމުގެ މުހިންމު ރޯލެއް މައިން އަދާކުރާއިރު، ދިރިއުޅުމާއި ގުޅޭ މުހިންމު ބައެއް ފިލާވަޅުތަށް މައިންނަށް ދަރިންގެ ކިބައިން ދަސްކުރެވިދާނެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ މައިންބަފައިންނަށް ދަރިންގެ ކިބައިން މައިންބަފައިންނަށް ދަސްކުރެވިދާނެ ދިރިއުޅުމާއި ގުޅޭ ބައެއް މުހިންމު ފިލާވަޅުތަށް މިލިޔުމުގައި ހިމަނާލަމެވެ.

ކޮންމެ ދުވަހަކީ އާފެށުމެކެވެ.

ކުދިންނަށް ކޮންމެ ދުވަހަކީ އާ ފެށުމެކެވެ. ކޮންމެ ދުވަހެއް ފެށިގެން ދަނީ އާ ފުރުޞަތުތަކަކަށް ފުރުޞަތު ދިނުމާއެކު މުޅިން އާ ފެށުމަކުންނެވެ. ކޮންމެ ދުވަހަކުން ތަފާތު ކަންތައްތައް ދަސްކުރެވެއެވެ. އާ ކަންތައްތައް ދަސްވެ، އާ މީހުންނާއި ބައްދަލުވެ، އަމިއްލަޔަށް ކަންތައްތަކާމެދު ދެކޭގޮތް ބަދަލުވެގެން ދެއެވެ. ކުދިންގެ ކިބައިން ދަސްވެގެން ދާ މުހިންމު އެއް ފިލާވަޅަކީ، ގޯސް ކަންތައްތަކެއް ވަކި ޚާއްސަ ދުވަހެއްގައި ކުރިމަތިވުމުން، އެ ދުވަހަށް އެކަނި ބަރޯސާވެގެން ދިރިއުޅުމުގެ ކަންތައްތައް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމެވެ. ސަބަބަކީ، އާދުވަހަކާ އެކު، އާތަޖުރިބާ، އާކަންތައްތައް ބަލައި، ކުރިން ވިސްނިފައި ހުރި ވިސްނުން ބަދަލުކޮށްލުމަށް އާ ފުރުޞަތުތަކެއް ލިބިގެން ދާތީއެވެ.

އިޙްސާސްތައް ބުނެދޭން ކެރުން

ކުޑަކުދިންގެ ކިބައިން ފެންނަ އެއް ސިފަޔަކީ، އެމީހުންގެ އިޙްސާސްތައް ދެއްކުމުގެ ސިފައެވެ. މިގޮތުން އުފާވާ ވަގުތުތަކުގައި، އުފާވެރިކަން އަދި ހިންހަމަޖެހުން، ދެރަވާ ވަގުތުތަކުގައި، ހިންހަމަ ނުޖެހުން، ދެރަވުން ދައްކައެވެ. ކުޑަކުދިންނަށް އަހަރަމެން ބޮޑެތި މީހުން ފަދައިން އިޙްސާސްތައް ފޮރުވަން ނޭނގެއެވެ. ކުދިންނެކޭ އެއްފަދައިން އަހަރަމެން ބޮޑެތި މީހުންވެސް، އަހަރަމެންގެ އިޙްސާސްތައް ހާމަކޮށްދޭން ދަސްކުރުމަކީ މުހިންމުކަމެކެވެ. އިހްސާސްތަށް ސިއްރުކޮށް ފޮރުވުމަކީ، ހާސްކަން ބޮޑުވެ، ޚިޔާލުތައް ފުނިޖެހި، ސިކުނޑިއަށް ބާރުބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާ ވެދާނެ ކަމެކެވެ. ކުޑަ ކުދިންނެކޭ އެއްގޮތަށް އަހަރަމެން ބޮޑެތި މީހުންވެސް، އިޙްސާސްތައް ބުނެދޭނެް ކެރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ މީހަކުވެސް، އެމީހެއްގެ ގޮތުގައި ބަލައިގަތުން

ކުޑަކުދިންގެ ފާހަގަވާ ޚާއްސަ ސިފައެއްގެ ގޮތުގައި، މީހުން މިނެނުކިރާކަން ފާހަގަ ކުރެވެއެވެ. ކަމެއްގައި މީހެއްގެ އިހުމާލު އޮތްކަމުގައި ވީނަމަވެސް، ތަފާތުކޮށް މީހުންނާއި މެދު ދެކުމުގެ ސިފަ ކުދިން ނުގެންގުޅެއެވެ. އެއްވެސް ތަފާތުކުރުމެއްނެތި، އެންމެންދެކެ އެއްވަރަކަށް ކުދިން ލޯބިވެއެވެ. އަހަރަމެން ބޮޑެތި މީހުންނަށް ވުރެ، ފުޅާކޮށް، ހުޅުވިފައިވާ ސިކުނޑިއަކުން މީހުންނާއި ދުނިޔެއާއި މެދު ވިސްނައެވެ.

ހިތްވަރު ގަދަކަން:

ކުދިންގެ ކިބައިން ފެންނަ އެންމެ މޮޅު ފާހަގަވާ ސިފަޔަކީ ހިތްވަރުގަދަ ކަމުގެ ސިފައެވެ. ކުދިންގެ ވިސްނުން ހުންނަގޮތަށް ބަލާއިރު، އެހެން މީހަކު ކިޔާފާނެ ފާޑުކިޔުމަކަށް، އެހެން މީހުން ވިސްނަފާނެ ގޮތަކަށް، ލަދުގަންނާތީ ކުރަން ބޭނުންވާ ކަމެއް ނުކޮށް ނުތިބެއެވެ. ނަށަން ޖެހުނަސް، ލަވަކިޔަން ޖެހުނަސް، ބަޔަކު ބަލައިގެން ތިބެދާނެތީ، ކުދިން ވިސްނައި ފިކުރުކޮށް، ޖެހިލުމެއް ނުވެއެވެ. ކުދިން، އެކުދިންގެ ކިބައިގައި ހުންނަ ތަފާތު ސިފަތައް އެއްވެސް ޖެހިލުމެއް ނެތި، ބަޔަކު ކިޔާފާނެ އެއްޗަކަށް ނުބަލައި ދައްކައެވެ. މިއީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ކަންކަން ކުރުމަށް ވަކި ރަނގަޅު ގޮތެއް ނޯވޭ:

އަހަރަމެން ބޮޑުވެ ތަޞަރަފު ފުދިގެން އައި މާޙައުލަކީ، ތަފާތު ކަންކްނ ވަކި އުޞޫލުތަކެއް، ވަކި ފިކުރުތަކަށް ބިނާކޮށް ކަންކަން ނިންމުމަށް ބާރު އަޅާ މާހައުލެކެވެ. ނަމަވެސް ކުދިންގެ ކަންކަންކުރާ އުޞޫލަށް ބަލާލުމުން، އެއްކަމެއް ތަފާތު ގޮތްގޮތަށް ކުރެވޭނެކަން އަހަރަމެންނަށް އެނގިގެންދާނއެވެ. ބައެއްފަހަރު، އަހަރަމެންނަށް ޤަބޫލުކުރަން ދަތި މޮޅެތި ގޮތްގޮތަށް ތަފާތު ކަންކަން ކުދިން ކުރެއެވެ. މިއިން އެނގިގެންދާކަމީ، ކަންކަން ކުރުމަށް ވަކި ރަނގަޅު ގޮތެއް ނޯންނަކަމެވެ. ބަލައި ހޯދައިފި ނަމަ އަބަދުވެސް ކޮންމެވެސް އާ ގޮތެއް ނުވަތަ ކުރިން ކުރަމުން އައި ގޮތަށްވުރެ މޮޅުގޮތް ފެނިގެން ދާނެކަމެވެ.

އެއްޗެއް އަގުބޮޑުވުމަކުން އެއިން ލިބޭ އުފާ ވަކި މަތިނުވާކަން:

ކުޑަކުއްޖެއްގެ އަތަށް އަގުބޮޑު ކުޅޭ އެއްޗަކާއި، އަގުހެޔޮ ކުއްޖާ ގަޔާވާ ކުޅޭ އެއްޗެއް ދީފިނަމަ، އަބަދުވެސް ކުއްޖާ އިޚްތިޔާރު ކުރާނީ، ގަޔާވާ އަގުހެޔު ގަޔާވާ ކުޅޭ އެއްޗެވެ. ކުދިން ފައިސާގެ އަގު ނުވިސްނުމުގެ އިތުރުން، އަބަދުވެސް ގަޔާވާ އެއްޗެއް އިޚްތިޔާރުކުރެއެވެ. މިއިން ލިބިގެންދާ އިބްރަތަކީ، އެއްޗެއް އަގުބޮޑުވުމަކުން އެއިން ލިބޭ އުފާވެރިކަމާއި ހިތްހަމަ ޖެހުން ވަކި އިތުރު ނުވާކަމެވެ. ކިތަންމެ އާދައިގެ އަގުހެޔޮ އެއްޗަކުންވެސް، އަގުބޮޑުތަކެތިން ނުލިބޭ ހިތްހަމަޖެހުމާއި އުފާ ލިބިދާނެއެވެ.  މުއްސަދި ދިރިއުޅުމަކުން ލިބިދާނެ ހިތްހަމަޖެހުމާއި ލޯތްބަށްވުރެ، އާދައިގެ ދެރަ ނިކަމެތި ދިރިއުޅުމެއް އުޅޭ ބަޔަކަށް ލިބިދާނެ ހިތްހަމަޖެހުމާއި ލޯބި އިތުރުވެދާނެއެވެ.

ހެދޭ ގޯސްތަކުން އަހަރަމެން އިތުރަށް ހަރުދާނާވޭ:

އަހަރަމެން ކުޑައިރުގެ ހާލަތަށް ބަލާއިރު، ގޯސްކޮށް ކަމެއް ކުރެވިދާނެތީ ބިރުގަނެއެވެ. އަދި އެފަދަ ކަމެއް ކުރެވުމުން، ދެން ވެދާނެ ގޮތަކާމެދު ވިސްނައި، ބިރުގަނެއެވެ. ނަމަވެސް ފަހުގެ ޖީލުތަކުގެ ކުޑަކުދިން، ގޯސްކޮށް ކަމެއް ކުރެވިދާނެތީ ބިރު ނުގަނެއެވެ. ކުޑަކުއްޖަކަށް ބޫޓުގެ ނާޑުވާ އައްސަން ދަސްކޮށްދޭއިރު އެފަދަ ކަންކަން ދަސްކުރުމަށް ވަގުތު ނަގައެވެ. ކިތަންމެ ރަނގަޅަށް ކިޔައިދިނަސް، އެތަށް ފަހަރަކު ތަކުރާރުކޮށް ނުބައިކޮށް އެކަން ކުރެއެވެ. ނަމަވެސް އެކަން ނުބައިކޮށް ކުރެވުމުން އެކަމުގައި ލަނދުގަނެ ދެރަވުން ފަދަ ކަމެއް ކުޑަކުއްޖާގެ ކިބައިން ނުފެނެއެވެ. ނަމަވެސް އެތަށް ފަހަރަކު ނުބައިކޮށް ނާޑުވާ އެއްސުމަށްފަހު، ރަނގަޅަށް ނާޑުވާ އައްސަން ކުއްޖާ ދަސްކުރެއެވެ. މިއިން ލިބިގެންދާ އިބްރަތަކީ ހެދޭ ގޯސްތަކުން އަހަރަމެން އިތުރަށް ހަރުދަނާ ވާކަމެވެ. އަދި ގޯހެއް ހެދުމުން އެއީ ނިމުން ނޫންކަމެވެ. އަހަރަމެން ފެއިލްވާ ކޮންމެ ފަހަރަކީ، ކާމިޔާބާއި ކައިރިޔަށް ގެނެސްދޭ ހަރުފަތެކެވެ.

މިފަދަ ތަފާތު، އިބްރަތްތެރި ފިލާވަޅުތައް އަޅުގަނޑުމެންގެ ތުއްތު ކުދިންގެ އުޅުމާއި ކަންކްންކުރާ އުޞޫލުތަކަށް ބަލައިގެން އިބްރަތް ހާޞިލް ކުރެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!