ޚަބަރު
ނޫސްވެރިކަމުގެ އިނާމުދިނުމުގެ މައްސަލަ ރައީސަށް ހުށަހަޅައިފި

ނޫސްވެރިންގެ ޝަކުވާތަކަށް އިޖާބަނުދީ ނޫސްވެރިކަމުގެ އިނާމް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާތީ ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ސީޓީއެއް ހުށަހަޅައިފިއެވެ.

70އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސަށް ހުށަހެޅުނު ސިޓީގައި ބުނެފައިވަނީ ނޫސްވެރިކަމުގެ އިނާމް 2020 މިފަހަރު ދެނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށް ކަމަށާއި އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައިވާކަމަށެވެ. އެހެންނަމަވެސް މިދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމާފައިވާތީ އެއީ އިންސާފްވެރި ގޮތަކަށް ނިންމާފައިވާ ކަމެއް ނޫން ކަމަށް ބުނެ ނޫސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ނޫސްވެރިކަމުގެ އިނާމަށް 10 މީޑީޔާއިން ކުރިމަތިލާފައިވާއިރު އޭގެތެރެއިން ހަތް މީޑީޔާއަކުން ވަނީ މިމައްސަލަ މީޑިޔާ ކައުންސިލަށްވެސް ހުށަހަޅާފައެވެ. އެގޮތުން ޕެޓިޝަނެއް ތައްޔާރުކޮށް “ވަގުތު” “މިހާރު”، “އަވަސް”، “ވަން އޮންލައިން”، “ވޮއިސް” ގެ އިތުރުން “މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް”،އާއި “ފަހު މިނެޓު” އިން ވަނީ މިޕެޓިޝަނުގައި ސޮއިކޮށްފައެވެ.

އެހެންނަމަވެސް މިމައްސަލައަށް ހައްލެއް ހޯދައިނުދީ އިނާމްދިނުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސައި، އެރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާތީ އެކަމާ މީޑީޔާތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިމައްސަލައިގައި 15 މީޑިޔާއެއްގައި މަސައްކަތްކުރާ 80 އާ ގާތްކުރާ އަދަދެއްގެ ނޫސްވެރިންގެ ސޮޔާއެކު ރައްޔިތުންގެ މަޖުލީހު ރައީސް މުހައްމަދު ނަޝީދުއަށާއި އިނާމްދޭ ކޮމިޓީގެ މުގައްރިރަށް ވަނީ އިއްޔެ ސިޓީއެއް ހުށަހަޅާފައެވެ.

އަދި މިމައްސަލައަށް ހައްލެއް ލިބެންދެން އިނާމް ދިނުން ލަސްކޮށްދެއްވުމަށް މަޖިލީހުގެ ފަރާތުން ކައުންސިލްގައި އެދުމަށާއި މި މައްސަލަ ބަލާ އިރު، މީޑިއާ ކައުންސިލްގެ އިނާމް ދިނުމުގެ ކޮމިޓީ އާއި އިނާމްތަކަށް ކުރިމަތިލި ނޫސްވެރިން ވެސް ހާޒިރުކޮށް ދިނުމަށް ސިޓީގައި ނޫސްވެރިން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!