ޚަބަރު
ކެންގަރޫ ކިޑްސް ބިލަބޯންގ ހައި އެމްއެމް އިންޓަރނޭޝަނަލް ސްކޫލްގައި ޤަައުމީ ދުވަސް ފާހަނގަކޮށްފި

މާދަމާ އަކީ ރާއްޖޭގެ ޤައުމީ ދުވަސްކަމުން ރާއްޖޭގެ ހުރިހާ މުވައްސަސާތަކުން އަންނަނީ މިދުވަސް ފާހަނގަކުރުމަށް ތައްޔާރީތައް ވަމުންނެވެ. އެގޮތުން ގދ.ތިނަދޫގައި ހުންނަ ޕްރީސްކޫލެއް ކަމަށްވާ ކެންގަރޫ ކިޑްސް ބިލަބޯންގ ހައި އެމްއެމް އިންޓަރނޭޝަނަސް ސްކޫލް ވަނީ ޤައުމީ ދުވަހާ ގުޅުވައިގެން ހަރަކާތްތަކެއް ހިންގާފައެވެ.

“ހުވަދޫ ނިއުސް”އަށް މައުލޫމާތު ދެމުން އެސްކޫލުން ބުނެފައިވަނީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ މިއަދު އެސްކޫލުގެ ކުދިން ބައިވެރިކޮށްގެން ޤައުމީ ދުވަސް ފާހަނގަކޮށްފައިވާ ކަމަށެވެ. އެގޮތުން އެސްކޫލްގެ ދަރިވަރުންނާއި ހުރިހާ ސްޓާފުން މިއަދު ސްކޫލަށް ދިޔައީ ސަޤާފީ ހެދުމުގައެވެ.

ދިވެހިރާއްޖެ ވަރުގަދަ އިސްތިއުމާރީ ބާރެއްގެ އަތްދަށުން ސަލާމަތް ކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ކުރެއްވި މިންނެތް މަސައްކަތްތަކާއި އެދުވަސް ދިވެހިންނަށް ހާއްސަވެގެންދަނީ ކީއްވެގެންކަން ދަރިވަރުންނަށް އަންގައިދެވުނެވެ. އަދި ޤައުމީ ދުވަހާމެދު ދަރިވަރުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަަކަށް ޖަވާބުދީ ޤައުމީ ދުވަހަކީ ކޮބައިކަން އެކުދިންނަށް އޮޅުންފިލުވައިދެވުނެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި އެސްކޫލުގައި ސްޓޭޖް ހަރަކާތްތައްވެސް ބޭއްވުނުކަމަށް އެސްކޫލުން ވަނީ މައުލޫމާތު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!