ޚަބަރު
މަތިވެރިން ޤައުމީ ފިނި ބުރެއް ބާއްވަނީ

އއ މަތިވެރިން ޤައުމީ ފިނި ބުރު ނަމުގައި ރަށް ވަށައި ފިނި ބުރެއް ބާއްވަން ތައްޔާރު ވަމުން ދާ ކަމުގައި މަތިވެރި ކައުންސިލުން ވިދާޅުވެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލް ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހު ހަވީރު 4 300 ގައި ފަށާ ގޮތަށް ބާއްވާ ފިނި ބުރަކީ ޤައުމީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ހިއްވަރު ދިނުމަށް ބާއްވާ ބުރެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފިނި ބުރު ކުރިޔަށް ދާނީ ރަށުގެ ވަށައިގެން އޮންނަ މަހުގައި އުޅަނދު ފަހަރުގައި ކަމަށެވެ.

“މި އީ ވަރަށް ޤައުމީ ޙަރަކާތެއް. މާދަމާ ގެ ބުރުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައި. ބުރު ގައި ބައިވެރި ވާނީ އެއްގަމު އުޅަނދުގައި” އޮފިޝަލް ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ ރެލީ އެއް ގޮތަށް ކުރިޔަށް ގެންދާ މި ބުރުގައި ބައިވެރިވާ އެންމެން ވެސް ބޭނުން ކުރާނީ ރާއްޖޭގެ ޤައުމީ ޓީމުގެ ގެ ކުލަ ކަމުގައިވާ ހުދާއި ރަތް ކަމަށާއި ފިނި ބުރު ފަށާނީ އެރަށު މައިރިޔާދުގެ ކައިރިން ކަމަށެވެ.


ސާފް ޗެމްޕިިއަންޝިޕް ގައި ވާދަ ކުރާ ރާއްޖޭގެ ޤައުމީ ޓީމަށް ސަޕޯޓު ކުރުުމަށް ރާއްޖޭގެ އެކި ކަން ކޮޅުގައި ދަނީ ތަފާތު ޙަރަކާތްތައް ހިނގަމުންނެވެ.

Comment