ކުޅިވަރު
އަށާވީސް އަހަރަށް ފަހު އާޖެންޓީނާއިން ތަށި އުފުލާލައިފި

ފުޓްބޯޅައިގެ ގަދަ ބާރެއްގެގޮތުގައި ބެލެވޭ ބްރެޒިލް ބަލިކޮށް 28 އަހަރު ފަހުން ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދައިފިއެވެ.

ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރީ ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗް 1-0 އިން ބްރެޒިލް ބަލިކޮށްގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެހެން ނަމަވެސް މެޗުގެ 21 ވަނަ މިނިޓްގައި ކުޅުން އަވަސްކޮށް ލިބުނު ފުރުސަތެއްގެ ބޭނުންހިފައި އާޖެންޓީނާ އިން ލީޑު ނެގިއެވެ. އާޖެންޓީނާ ހާފުގެ ތެރެއިން އެ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް އަށް ލިބުނު ބޯޅަ އޭނާ މަތިން ޖައްސާލީ އެ ޓީމުގެ އެންހެލް ޑި މާރިއާ އަށެވެ. ބްރެޒިލްގެ ފުލްބެކް ރެނަން ލޯޑީ ކައިރިން ދެމިގަތުމަށް ފަހު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޑި މާރިއާ ވަނީ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރާއޭސް ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިގެން ގޯލްޖެހާފައެވެ.

އާޖެންޓީނާ އިން 1993 ވަނަ އަހަރު ކޮޕަ އެމެރިކާ ކާމިޔާބުކުރި ފަހުން ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކުގެ ތެރެއިން 16 މުބާރާތުގައި ކުޅުނެވެ. އެ އަހަރުތަކުގައި ޖުމްލަ ފަސް ފައިނަލުގައި ކުޅެފައި ވީ ނަމަވެސް ތަށިއުފުލާލެވޭ ގޮތެއް ވަނީ ނުވެފައެވެ.

އެންމެފަހުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ މިރޭ ހޯދި ކާމިޔާބީއާއެކު ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެސީގެ ކެރިއަރަށް ވަނީ ފުރިހަމަކަން ގެނެސްދީފައެވެ.

ކުލަބް ފުޓުބޯޅައިގައި މެސީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އާޖެންޓީނާއާ އެކު ތައްޓެއް އުފުލާ ލެވިފައި ނެތެވެ. މިތަށްޓަށް ގިނަ މަސައްކަތްތެއް ކުރި އުމުރުން 34 އަހަރުގެ މެސީއަކީ މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާވެސް މެއެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވަނީ މެސީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!