ޚަބަރު
ތިނަދޫއިން މިއަދު އިތުރު ދެމީހަކު ކޮވިޑަށް ފައްސިވެއްޖެ

ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ދާދި ދެންމެއަކު ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި އެރަށުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 2 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ އިތުރު މީހަކު ބަލިން ފަސޭހަވެފައި ނުވެއެވެ.

އެއާއެކު އެރަށުގެ ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކީ 18 އެވެ. ތިނަދޫއިން މިފަހަކުން އައިސް ކޮވިޑް-19 އަށް ޖުމްލަ  ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 1010 އަށް އަރާފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 986 މީހެކެވެ.

ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 5 މީހަކު ނިޔާވެފައިވާއިރު މިވަގުތު އެފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.

ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 19 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބިހުރީ 61 ސާމްޕަލްގެއެވެ. ތިނަދޫއިން މިހާތަނަށް ޖުމްލަ 10658 ސާމްޕަލް ވަނީ ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!