ޖަލުގައި ވާނުވާ ޖަހައި ބަންދުކޮށްފައި އޮތް މީހަކު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ރޭ 19:30 ގައި ކަމަށް ކަރެކްޝަންއިން ބުންޏެވެ. ނިޔާވިއިރު މީނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަކަނަލް ސާވިސް އިން ބުނެއެވެ.
ނިޔާވެފައިވަނީ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން (46އ) އެވެ. އިސްމާއީލް ޝަބީންގެ އާއިލާއިން މައުލޫމާތުދެއްވި ގޮތުގައި އޭނާ ދިޔައީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަންޖެހި އެކަމަށް ދައުލަތުގަޔާއި، ކޯޓުގައިވެސް އާދޭސް ކުރަމުން ކަމަށެވެ.
އިސްމާޢީލް ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.