ޚަބަރު
ތިނަދޫ ސްކޫލްގެ މިފަހަރު ޓީޗަރުންގެ ދުވަހުގެ ހަދިޔާ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް

މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ވަރަށްވެސް ޚާއްސަ ހަދިޔާއެއް ތިނަދޫ ސްކޫލުން ރާއްޖޭގެ ހުރިހާ މުދައްރިއްސުންނަށް އަމާޒު ކޮށްގެން އަރުވައިފިއެވެ.

ޓީޗަރުންގެ ދުވަހު ތިނަދޫ ސްކޫލްގެ ފަރާތުން ޓީޗަރުންނަށް އަމާޒުކޮށްގެން ދީފައިވާ ހަދިޔާއަކީ، ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ތައްޔާރު ކުރެވިފައިވާ ޚާއްސަ ވީޑިޔޯ ލަވައެކެވެ. މިއީ އެސްކޫލުން 2018 ވަނަ އަހަރުން ފެށިގެން ޓީޗަރުންގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކު ޓީޗަރުންގެ ދުވަހު ނެރެމުން އަންނަ ޓީޗަރުންގެ ދުވަހުގެ ޚާއްސަ ލަވަތަކަށް އިތުރުވެގެންދާ، އިތުރު ހުނަރުވެރި މަސައްކަތެކެވެ.

ޓީޗަރުންގެ ދުވަހު ނެރެފައިވާ މިޚާއްސަ ލަވައާއި ގުޅޭގޮތުން ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޢަޖީބު ހާމަކޮށްފައިވާ ގޮތުގައި، މި ޚާއްސަ ވީޑިއޯ ލަވައިގައި ބެލުންތެރިންނަށް ފެނިގެންދާނީ، ޓީޗަރެއްގެ ޢާންމު ދިރިއުޅުމުގެ އެއް ދުވަހެވެ. ޓީޗަރުން ޢާންމު ދިރިއުޅުމުގައި ކުރަމުންދާ ބުރަ މަސައްކަތްތަކާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަން މެނޭޖްކުރަމުން، ދަރިންނަށް ކިޔަވައިދިނުމަށް ވަމުންދާ ޤުރުބާނީ މި ލަވައިން ފެނިގެންދާނެއެވެ. މިއީ ރާއްޖޭގެ ހުރިހާ ޓީޗަރުން ކުރަމުން އަން ބުރަމަސައްކަތް ފާހަގަކޮށް، ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް، އެ ސްކޫލްގެ ފަރާތުން، ރާއްޖޭގެ އެންމެހާ ލޮބުވެތި ޓީޗަރުންނާއި، ޚާއްޞަކޮށް ތިނަދޫ ސްކޫލުގެ ޓީޗަރުންނަށް، ޓީޗަރުންގެ ދުވަހު ކުރާ ޚާއްސަ ހަދިޔާއެއް ކަމުގައި ޢަޖީބު މަޢުލޫމާތު ދެއްވިއެވެ.

މިލަވައިގެ ޅެން ހައްދަވާފައިވަނީ، ތިނަދޫގެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަޖީބުކަން ފާހަގަ ކޮށްލެވެއެވެ. ހުނަރުވެރި މުދައްރިސަކަށް ވުމުގެ އިތުރުން މުޙައްމަދު އަޖީބަކީ، ކުޅަދާނަ ޅެންވެރިއެއްވެސް މެއެވެ. އަޖީބަކީ، އުގަންނައިދިނުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހަކަށް ވެފައި ވުމުން، ޓީޗަރުން ކުރާ ބުރަ މަސައްކަތް އެންމެ ގާތުން ފެންނަ އެއްފަރާތަށް އަޖީބު ވެފައި ވެއެވެ. މިފަދަ ލަވަތައް ތައްޔާރު ކުރުމުގެ މަޤްސަދަކީ، މުދައްރިސުންނަށް ޢަޖީބުގެ ހިތުގައި ދެވިފައިވާ ލޯތްބާއި، އިޙްތިރާމް ޅެމެއްގެ ސިފައިގައި ރާއްޖޭގެ އެންމެހާ މުދައްރިސުންނަށް ހާމަކޮށް، އެފަރާތްތަކަށް ޙައްގު ޝުކުރު ވެދުން ކުރުން ކަމުގައި އަޖީބު ބުނުއްވިއެވެ.

މިލަވައިގެ މިޔުޒިކްގެ މަސައްކަތް ކޮށްފައިވަނީ ބުންނަރު ސްޓޫޑިއޯގެ ފަރާތުން އަބްދުލް ބާތިންއެވެ. މިލަވައިގެ ރިކޯޑިންގ މިކްސިންގް އަދި މާސްޓަރިންގވެސް ހަދާފައިވަނީ ބުންނަރު ސްޓޫޑިއޯގެ ފަރާތުން އަބްދުލް ބާތިންއެވެ. ލަވަ ކިޔާފައިވަނީ ތިނަދޫ ކައުންސިލް މެމްބަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ޒަލީފް އަބްދުﷲއެވެ. މިލަވައިގެ ވީޑިއޯ ތައްޔާރުކޮށްދެއްވީ ތިނަދޫގެ ވަރަށް ހުނަރުވެރި ދެޒުވާނުން ކަމުގައިވާ މުޙައްމަދު އަބްދުﷲ (ޗިކޫ) އަދި ޙާޒިފް މުޙައްމަދު އެވެ. ވީޑިއޯ އެޑިޓިންގ މަސައްކަތް ކޮށްދެއްވާފައިވަނީ ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން، ތިނަދޫއަށް އުފަން ހުނަރުވެރި ޒުވާނެއް ކަމުގައިވާ މުޙައްމަދު މާޖިދު އަޙްމަދެވެ.

2018 ވަނަ އަހަރުން ފެށިގެން ތިނަދޫ ސްކޫލުން ތައްޔާރުކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ ޚާއްސަ ވީޑިޔޯ ލަވަތަކަކީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޓީޗަރުން ކުރަމުން އަންނަ ބުރަމަސައްކަތް ފާހަގަކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ޓީޗަރުންނަށް ޚާއްސަކޮށްގެން ކުރެވޭ މަސައްކަތެކެވެ. ކޮންމެ އަހަރަކު ނެރޭ މިލަވަތަކުގައި، ތިނަދޫ ސްކޫލްގެ މަންޒަރުތައް ހިމެނުނު ކަމުގައި ވިޔަސް މިއީ މުޅި ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރެވޭ ޚާއްސަ މަސައްކަތެކެވެ. މިލަވަތަކުގައި، އެއްވެސް ގޮތަކަށް ވަކި ރަށެއްގެ ނަމެއް އަދި ސްކޫލެއްގެ ނަމެއްވެސް އެކުލެވިފައި ނުވާނެއެވެ. މިއީ ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭނުން ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ލަވަތަކެއް ކަމުގައި އެ ސްކޫލުން މަޢުލުމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!