ޚަބަރު
އެއްވަނަ ދަރަޖައިގައި ފާސްވެ، ރައިސުލް ޖުމްހޫރިއްޔާގެ މެޑަލް ތިނަދޫގެ 3 ހާފިޒަކަށް

ކީރިތި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންގެ ތެރޭގައި ނިމެނި، ތިނަދޫގެ 3 ހާފިޒަކު ރައީސުލްޖުމްހޫރއްިޔާ ދެއްވާ ހާއްސަ މެޑަލް، ހާޞިލް ކޮށްފިއެވެ.

ހާފިޒްކަން ފުރިހަމަކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ 11 ފަރާތަކަށް ރައީސް ދެއްވާ ޚާއްސަ މެޑަލް ޙަވާލުކުރެވިފައިވަނީ، ދިވެހި ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ޚާއްސަ ޖަލްސާގައެވެ. ރައީސްގެ ޚާއްސަ މެޑަލް ހާޞިލް ކޮށްފައިވާ 11 ފަރާތުގެ ތެރޭގައި، ތިނަދޫގެ 3 ހާފިޒުން ހިމެނިގެން ދިޔުމީ، ތިނަދޫއަށް ލިބިގެން ގޮސްފައިވާ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ހާޞިލްކޮށްފައިވާ 11 ފަރާތަކީ:

1. ހައްވާ އަނީސާ، މާލެ، ދަފްތަރު ނަންބަރު ރސ 13802
2. ސަލްމާން މުހައްމަދު ލަތީފް، ފެހިގެ، ދ. މީދޫ
3. މުހައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ، ފްލެޓް އޭ-4-5ސީ
4. ލަތީފާ މުހައްމަދު، ގޯލްޑަން ފްލާވާ، ސ. ހިތަދޫ
5. އާހިލް މުހައްމަދު ޒާހިރު މަލާޒް، ގދ. ތިނަދޫ
6. ޢާޠިފާ ޢަބްދުލްބާރީ، މާލެ، ދަފްތަރު ނަންބަރު ރސ 12572
7. މުހައްމަދު މިތްޔާޙް ސަލްމާން، ހެވަންލީޑް، ގދ. ތިނަދޫ
8. މުހައްމަދު އަޝްހަމް އަލީ، މއ. އަރިވަރު
9. އައިޝަތު ތޫލާ އަންވަރު، ހުވާސް، ށ. މިލަންދޫ
10. ލައިލް ހުސައިން ހަމީދު، އަލިވާގެ، ދ. ކުޑަހުވަދޫ
11. އައިޝަތު ޝުބާ ޝާހް، ތިމާވެހި، ގދ. ތިނަދޫ

ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، ހާއްސަ މެޑަލް އެއް ދިނުމަށް ރައީސް ސޯލިހު ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކީރިތި ގުރުއާން ހިތުދަސްކޮށް ދެވަނަ އަދި ތިންވަނަ ދަރަޖައިން ފާސްވާ ހާފިޒުންނަށްވެސް މެޑަލް ދެވެއެވެ. އެހެންނަމަވެސް އެ މެޑަލް ދިނުން އޮންނާނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ކަމަށް މީގެ ކުރިން ރައީސް އޮފީހުން މަޢުލުމާތު ދީފައި ވެއެވެ.

މިރޭ އޮތް ގައުމީ ދުވަހުގެ ޖަލްސާގައި މަތީ ދަރަޖަ ހޯދި 10 ފަރާތަކަށް ވެސް ވަނީ ރައީސްގެ އިނާމު ދެއްވާފައެވެ. އަދި ޝަރަފުވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް ދެއްވާފައިވާއިރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވަނީ 14 ބޭފުޅަކަށް ދެއްވާފައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ އިނާމު ހާސިކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ތަހުނިޔާ ދަންނަވާފައެވެ.

ތިނަދޫގެ 3 ހާފިޒުން ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ހުވަދޫ ނިއުސް ޓީމްގެ ފަރާތުން އާޙިލް މުޙައްމަދު ޒާހިރު، މުހައްމަދު މިތްޔާޙް ސަލްމާން އަދި އައިޝަތު ޝުބާ ޝާހް އަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!