ގދ ތިނަދޫ ޒުވާނަކު (ހުދަންބަރު) ހުދު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހެނދުނު އެޒުވާނާ ތިނަދޫ ހުޅަނގު ފަރާތު އަތިރިމަތިން ހޯދާފައިވާ މާވަހަރުގައި ގާތްގަޑަކަށް ކިލޯއެއް ވަރު ހުންނާނެ ކަމަށާއި، އޭގެ ބޮޑު މިނުގައި 7 އިންޗި ވަރު ހުންނާނެއެވެ.
މާވަހަރު ހޮވި ޒުވާނާ ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ބުނީ، އާދައިގެ މަތިން އިއްޔެ ހެނދުނު އޭނާ ތިނަދޫ ހުޅަނގު ފަރާތު އަތިރިމައްޗަށް ދިޔަތަނުން އޭނާއަށް މާވަހަރު ކަމަށް ބެލެވެ އެތި ފެނިގެން އެގެނައީ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު މިހާރު ތިނަދޫ ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް މިއީ މާވަހަރެއް ކަމަށް ނިންމާނީ ޓެސްޓު ތަކެއް ހެދުމަށްފަހުގައެވެ.
ތިޔައީ ބޯޓަކުން އެއަލާލާފައި މޮޑެފަ އޮއި ފުއްގަޑެއް
ދަނޑިގަނޑއެއް