ޚަބަރު
ފޮރިން މިނިސްޓަރ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފި

ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

މިއަދަކީ މިއަހަރުގެ ޤައުމީ ދުވަސް ކަމަށްވާތީ ޤާއުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން ޝާހިދު  އަބްދުﷲ ޝާހިދުއަށް މިލަޤަބު އަރުވާފައެވެ. އެމަނިކުފާނު ދިވެހި ޤައުމަށް، ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރާއްޖެއާއި އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ޤަދަރާއި ހައިބަތު އުފުއްލެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން މިނިސްޓަރ ޝާހިދުގެ 6 ވަނަ ކާފާފުޅު އައްޞުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކޮށްފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރމަހު 15 ވަނަ ދުވަހު އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެން ޝާހިދުވަނީ އިންތިޚާބުވެފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އދ.ގެ މެމްބަރަކަށް ޝާހިދު އިންތިހާބުވުމާއިއެކު ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެއްވެސް ވަރުބަލިކަމެއް ނެތި ވަކާލާތުކުރައްވާފައިވާކަން އަދި ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޤައުމުތަކަށް މާލީގޮތުންނާއި، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ގޮތުން ކުރިމަތިވާ ތަފާތު ގޮންޖެހުންތައް އދ.ގެ ސަމާލުކަމަށް ގެނައުމުގައި ޝާހިދު ކުރައްވާ މިންނެތް މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ތައުރީފްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!