ޚަބަރު
ދިރާގު ޓީވީގެ ޚިދުމަތާއެކު ސެމްސަންގ ޒީ ފޯލްޑް 3 ހޯދުމަށް ރަނުގެ ފުރުސަތެއް

ދިރާގު ޓީވީގެ ޚިދުމަތަށް އެދުމުން ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނާގޮތުގައި އަންނަ ނޮވެމްބަރ 30 އާ ހަމަޔަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ޚިދުމަތަށް އެދުމުން ޖޯއިބޮކްސާއި ގުޅައިދިނުން އިންނަނީ ހިލޭ ކަމަށެވެ. އަދި  ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި އެއް ފަރާތައް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ ކަމަށާ އަދި ހޮވާލެވޭ ނަސީބުވެރި އިތުރު 10 ފަރާތައް އެ ކަސްޓަމަރަކު ބޭނުންވާ ޕެކޭޖެއްގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިއީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކުރެވުނު ޕްރޮމޯޝަނެކެވެ.

100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ގޮތަށް ރައްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާ އޮފާ ތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭތޯ ދިރާގުން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

 

Comment