ކުޅިވަރު
ރާއްޖެ ޓީމު އެނބުރި އައުން ވަރަށް ސަޅި

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ބަންގަލަދޭޝް އާއި ރާއްޖެ ބައްދަލު ކުރި މެޗް 0-2 ގެ ނަތީޖާއަކުން، ރާއްޖެ ކާމިޔާބުކޮށްފިއެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވިނަމަވެސް މިރޭގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާއި ބަންގަލަދޭޝްގެ ކޮޅަށް 2 ގޯލު ޖަހާ މެޗު ކާމިޔާބު ކޮށްފައެވެ.

މިރޭގެ މެޗުގައި ރާއްޖެ ކޮޅުން ޖެހި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ހަމްޕުއެވެ އަދި ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އަޝްފާގުއެވެ.

ފޮޓޯ:އަދަދު ( އޮފިޝަލް މީޑިއާ ޕާރޓްނާރ)

މިރޭގެ މެޗް ކިކްއޮފްކޮށްފައިވަނީ ރާއްޖޭގެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ. ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމުންވަނީ ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މީގެ އިތުރުން ބަންގަލަދޭޝް ޓީމު ގެ ކުޅުމަށް ބަލާއިރު ގިނަ ފައުލް ތަކެއް ކޮށްފައިވާކަން ފާހަނގަ ކޮށްލެވެއެވެ. ފުރަތަމަ ހާފްގައި ރާއްޖޭން ތިން ފައުލް ކުރިއިރު ބަންގްލަދޭޝް ވަނީ 16 ފައުލްކޮށްފައެވެ. ޖޭގެ ޓީމަށް އެއް ރީނދޫ ކާޑު ދައްކާފައިވާ އިރު ބަންގްލަދޭޝް އަށް ވަނީ ދެ ރީނދޫ ކާޑު ދައްކާފައެވެ.

ފޮޓޯ:ދެން އޮންލައިން

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލަށް ދާނީ ފަސް ޓީމު ކުޅޭ ލީގު ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދެން ބައްދަލު ކުރާނީ ސްރީލަންކާ އާއި ރާއްޖެއެވެ. މި މެޗު އޮންނާނީ އޮކްޓޫބަރ 10 ވަނަ ދުވަހު ހަވީރު 4 ޖަހާއިރުއެވެ.

Comment