ދީން
ދެމަފިރިން އެކަކު އަނެކަކަށް މުޢާމަލާތް ކުރަންޖެހޭނީ ރީތި ބަހުން- ޚުޠުބާ

ހެޔޮބަސް ބުނުމަކީ ކުރެވޭ ޞަދަޤާތެއްކަމުގައި މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ. ހެޔޮބަސް ޞަދަޤާތަކަށް ވަނީ، މުޖުތަމަޢުއަށް އޭގެ ހެޔޮ އަސަރު ކުރާމިންވަރު ބޮޑުކަމުންނެވެ. ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައް ހަމަހަމަވެގެން ނުވާތީ، ރިވެތިގޮތުން ނުބައިކަންތައް ދުރުކުރާށެވެ. އޭރުން އަދާވާތްތެރިއަކު ކަމުގައިވާ މީހާވެސް ރަޙްމަތްތެރިއަކު ފަދައިން ވެދާނެކަމަށް ޚުޠުބާގައި ބުނެއެވެ.

ރިވެތި އަޚްލާޤުން މީސްތަކުންނާއި މުޢާމަލާތް ކުރުމަށް ނަސޭހަތް ދެއްވަމުން رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ހަދީޘަކަށް އިޝާރަތްކުރައްވައި ޚުޠުބާއިގައި ބުނެފައިވަނީ، މުދާތަކުން އިންސާނުންގެ ހިތެއް ފުރައެއް ނުލެވޭނެ ކަމުގައެވެ، ނަމަވެސް އިންސާނާގެ ހިނިތުންވުމާއި، ރިވެތި އަޚްލާޤުން މީސްތަކުންނަށް އުފާވެރިކަން ގެނެސްދީ އިންސާބާގެ ހިތްތައް ފުރާލެވޭނެކަމުގައެވެ.

ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއަކަށް ވުމުގެ އިތުރުން އެއިން ހިނިތުންވުން ގެނެސްދެއެވެ. ހެޔޮބަސް ބުނެއުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްޞިއްޔަތު އަންގައިދޭ ކަމެއް ކަމުގައި ޚުޠުބާގައި ބަޔާން ކުރެއެެއެވެ. ހެޔޮބަހަކީ މީހެއްގެ ފޭރާން ކަމަށާއި، މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއަކަށް ހެޔޮބަސް ވެފައިވެއެެވެ. ހެޔޮބަހަކީ މާތްﷲގެ ހަޟްރަތަށް އެމީހެއްގެ މެސެޖް ގެންގޮސްދޭ ސަފީރުކަމުގައި ޚުޠުބަގައި ބަޔާންވެގެން ވެއެވެ. އަދި ހެޔޮބަހެއް ނޫނީ ﷲގެ ހަޟްރަތަށް ނުފޯރާނެކަން ޚުޠުބާގައި ބުނެއެވެ.

ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ނުވާއިރު، އެބަސް ބުނާ މީހާ އަށާއި އަޑުއަހާ މީހާއަށް މަންފާ އާއި ލާބަ އެ ހެޔޮބަހުގައި އެކުލެވިގެންވާކަމުގައި ޚުޠުބާ ބުނެއެވެ. ހެޔޮ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް އެކުލެވިގެން ނުވާނެއެވެ، ހެޔޮ ބަހަކީ  މަތްﷲ ހަނދުމަކުރުމާއި ތަޙްލީލާއި ތަޙްމީދާއި ތަސްބީޙަ ކިޔުމެވެ. އެއީ ފައިދާކުރަނިވި، ޢިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ހެޔޮބަހަކީ ބިމުގައި ހެދޭ ގަހެއްފަދަ އެއްޗެއްކަމަށާއި، އެގަހުގެ ހިޔާ ބޮޑުވެ، އެގަހުގެ މަންޒަރުވެސް ރީތި ވެފައި، ވަސްމީރުވެ، އެގަހުގެ މޭވާ ފޮނިވުމުގެ އިތުރުން އެގަހުން ލިބިގެންދާ ފައިދާ ގިނަގުނަ ވެގެންދާނެކަމުގައި ޚުޠުބާގައި ބުނެއެވެ. މިފަދަ ގަހަކީ މޫތައް ވަރުގަދަ ގަހަކަށް ވެފައި މަތިވަރު ރަނގަޅު ގަހަކަށް ވުމުގެ އިތުރުން މޭވާ އަޅައި ފުރި އަބަދުވެސް ހުސްނުވެ މެވާ ލިބިލިބި ހުންނާނެ ގަހެކެވެ. މިފަދަ ބޭނުންތެރި ގަހެއް އިންދުމަށް ރަގަނޅު ބިމެއް ބޭނުންވާކަން ޚުޠުބާގައި ބުނެވިގެން ވެއެވެ. އެބިމަކީ މާތް ﷲ އަށް އަޅުކަން ކުރާ ޞާލިޙު މުޢުމިނާގެ ނަފްސެވެ. އެފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ، މާތްﷲގެ ޚަލްޤުތަކުންނާ އެކު ރިވެތި ގޮތުގައި މުޢާމަލާތް ކުރާ މީހަކަށެވެ.

އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސްތަކެއްގެ ވެރިބަޔަކަށް ހެދޭނީ، ޢާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރީތި ނަމޫނާ އާއި، މަދުރަސީ ރަނގަޅު ތަރުބިއްޔަތާއި، ޞާލިޙު ރަނގަޅު ވެށްޓެއް އެކުދިންނަށް ހޯދައި ދީގެން ކަމުގައި ޚުޠުބާގައި ބުނެއެވެ. މިތިން މާޙައުލަކީ ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް، މަރުވެފަިވާ ބިމެއްފަދަ މާޙައުލަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮބަސް ބުނުމުގެ އާދަ އަށަނުގަންނާކަމުގައި ޚުޠުބަގައި ބުނެއެވެ. އަަދި އެފަދަ ވެއްޓެއްގައި އުފެދި ބޮޑުވާ ބައެއްގެ ސަބަބުން މުޛްތަމަޢު އެއްބައި ވަންތަ ނުކުރުވެމުގެ އިތުރުން އެފަދަ މީހުންގެ ސަބަބުން މުޖުތަމަޢު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އަދި އެފަދަ ބައެއްގެ ކިބައިން ޤައުމަށް ރަނގަޅު ޚިދުމަތެއްވެސް ނުލިބޭނެ ކަމުގައި ޚުޠުބާގައި ބުނެއެވެ.

ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނެތުމުގެ އިތުރުން، މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދެއެވެ. އެފަދަ ބަސްތަކުގެ ސަބަބުން މީހުން މަގިއޮޅި، އެކަކު އަނެކަކާއި ޖެހި، މަގުފުރެދި، އެކަކު އަނެކަކާއި މޫނު ކެނޑި، މީުން މަގުފުރެދި، ހައްޤުމަގަށް ހުރަސް އެޅޭކަމުގައި ޚުޠުބާ ބުނެއެވެ.

އިންސާނާގެ ނަފުސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލެނިކުރުމަށް ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނެކަން ޚުޠުބާ ބުނެއެވެ. އިންސާނާއަށް ހަޑިހުތުރު ޢަމަލުތައް ޒީނަތްތެރިކޮށްދީ، އަބަދުވެސް ޝައިޠާނާ ވަސްވާސް ދެއެވެ. މީގެ ސަބަބުން ހަޑި ހުތުރު ބަސްބުނުން، ދޮގު ވާހަކަ ދެއްކުމާއެކު، ނެތި މޮށި، ޣީބަ ބުނެ، ދޭތެރެ ޖައްސައެވެ. އިސްލާމީ އަދުބަތަކާއި އަޚްލާގަށް އިންސާނާ ބޭނުންވަނީ އެފަދަ ޝައިޠާނީ އަމަލުތަކުން ސަލާމަތް ވުމަށެވެ. އިންސާނާ ބުނާ ބަސްތަކާ މެދު ޒިންމާވާން ދަސްކޮށްދީ، ދުލުން ހެޔޮބަސް ބުނުމަށް އާދަކޮށް ދިނުމަށްޓަކައި އިސްލާމީ އަދަބުތައް ބޭނުންވެއެވެ.

ހެޔޮބަހުން އެބަޔަކާ މުޢާމަލާތް ކުރުން ވާޖިނު މީހުންގެ ތެރޭގައި މައިންބަފައިން ހިމެނެއެވެ. ހަމަ އެފަދައިން ދެމަފިރިން އެކަކު އަނެކަކާއި މުޢާމަލާތް ކުރަންޖެހެނީވެސް ރީތި ބަހުން, އޯގާތެރިކަމާއެކު ކަން ޚުޠުބާގައި ބުނެއެވެ. އެކަކު އަނެކަކު ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، ދެމީހުނެގް މެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސްބުނެ އުޅެގެން ނުވާނެކަމުގައި ހުޠުބާ ބުނެއެވެ. މިފަދައިން ނުވެއްޖެ ނަމަ، މާތްﷲ ކާވެނީގައި ލެއްވި މާތް މަޤްޞަދު ގެއްލި، ދެމަފިރިން ހަތުރުންނަށްވެ، ވަރިފަށަށް އަރާފާނެއެވެ. ޚުޠުބާގއި ބަޔާންކޮށްފއިވާ ގޮތުގައި، ޒަވާޖީ ޙަޔާތަކީ ލޯތްބާއި އޯގާތެރިކަން މަތީގައި ބިނާވެފައި އޮންނަންޖެހޭ މުޤައްދަސް ގުޅުމެއްކަމަގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!