ޚަބަރު
ޖާޒީއެއް ގަންނާނެ ލާރިއެއް ނެތް – ޓީޝާޓުގައި ޖަހައިގެން ރޭގެ މެޗްބަލަން ދިޔަ ޒުވާނަކު ހޯދަނީ- ސަޕްރައިޒެއް އެބައޮތް!

ބަންގްލަދޭޝް އާއި ރާއްޖެއާއި ކުޅުނު ފުޓްބޯޅަ މެޗް ބެލުމަށް، ވަދެފައިވާ ދިވެހި ސަޕޯޓަރަކު ގަލޮޅު ދަނޑަށް ވަދެފައިވަނީ އެހެނިހެން ސަޕޯޓަރުންނާއި ވަރަށް ތަފާތު ކޮށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރާ ގިނަ ސަޕޯޓަރުން، ދިވެހި ޓީމުގެ ކުލަ، ރަތްކުަލައިގެ ޖޯޒީގައި ދަނޑަށް ވެދެފައިވާއިރު، ދިވެހި ޓީމުގެ ޒުވާން ސަޕޯޓަރަކު މެޗް ބަލަން ވެދެފައިވަނީ، ވަރަށް ތާފާތުކޮށް ހުދު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

މިޒުވާނާގެ ފުރަގަހުން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާއިރު، މިފޮޓޯއަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓުނީ، ޤައުމީ ޓީމްގެ ކުލަ ކަމުގައިވާ ރަތްކުލައިގެ ޓީޝާޓެއްގެ ބަދަލުގައި ހުދު ޓީޝާޓެއް ލުމުންނެއް ނޫނެވެ. ނަމަވެސް ޓީޝާޓަށް ލެޓިން އަކުރުން “ޖާޒީއެއް ގަންނާނެ ލާރިއެއް ނެތް” މިހެން ޕްރިންޓްކޮށްގެން ޓީޝާޓުގެ ފުރަގަހުގައި ޖަހާފައި ވުމުންނެވެ. ޓީޝާޓުގެ ފުރަގަހުގައި ދިވެހި ޤައުމީ ދިދަ ޕްރިންޓްކޮށްފައި ވުމުގެ އިތުރުން ބެންކް އެކައުންޓް ނަންބަރު ވެސް ޖަހާފައި ވެއެވެ.

ބިޒް7 މާރޓް ކިޔާ ފަރާތަކުން ސޯޝަލް މީޑިޔާގައި މިޒުވާނާގެ ފޮޓޯ ހިއްސާކޮށް، މިޒުވާނާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައި ވެއެވެ. އަދި އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މިޒުވާނާއަށް ޚާއްސަ ސަޕްރައިޒެއް އެބައޮތްކަމުަގއި އެފަރާތުން މަޢުލޫމާތު ދެއެވެ.

މިޒުވާނާއަށް ޤައުމީޓީމުގެ ޖާޒީއެއް ނުލިބުނީ، ހަޤިޤަތުގައިވެސް، ޖާޒީއެއް ގަންނަން ލާރި ނެތިގެން ކަމަށް ވުން އެކަށީގެން ވެއެވެ. މި ޒުވާނާ ފާހަގަކުރެވި، ދީލަތި ފާރާތެއްގެ އެހީތެރިކަމާއެކު، ޤައުމީ ޓީމުގެ ޖާޒީ ލިބި އަދި ބިޒް7 ގެ ޚާއްސަ ސަޕްރައިޒް މިޒުވާނާއަށް ހޯދައި ދިނުމަށް އެންމެންވެސް އެހީތެރިވުން އެދެމެވެ.

 1. ބޯހިޔާވެއްސެއް ނެތިގެން އެހެން ޖަހާ މީހުންވެސް އުޅޭނެ ދެން. ތިކަހަލަ ސަޕްރައިސް ލިބެންޔާ. މީނައަށް ކޯއްޗެއްބާ ލިބޭނީ. އުމުރުދުވަހު ލާނެ އަންނައުނު ވެސް ދީފާނެ.

 2. މަރީ

  ޓީޝާރޓްގައި ޕްރިންޓް ނުކުރެވޭނެ ލާރި ނެތްނަމަ

  • ދިމްނާ

   ރަނގަޅު ވާހަކައެއް.

  • މާކަރުން ލިޔެފައެހެރީ

  • ާއަލްބާ

   ޕުރިންޓާ މަރކަރުން ލިޔުމާ ވަކިކުރަން ދަސްކުރަމާ