ޚަބަރު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ރެފިއުޖީ ބޯޓެއް އަތުލައިގެންފި

އިންޑިއާގެ ޓެމިލްނާޑުގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ރެފިއުޖީން އަތުލައިގެންފިއެވެ.

އިންޑިޔާގެ މީޑިޔާތަކުން ހާމަކުރާ ގޮތުގައި އެމީހުން ފިލައިގެން ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން ދިޔަ 85 މީހުންގެ ތެރެއިން 59 މީހުންނަކީ ލަންކާގެ މީހުން ކަމަށެވެ. ފިލައިގެންދިޔަ މީހުން ދަތުރުކުރަމުންދިޔަ ފެރީގެ އިންޖީނު ހުއްޓުނީ ރާއްޖެ އާއި މޮރިޝަސް ދެމެދަށް ކަމަށާއި އެމީހުން ދަތުރުކުރަމުންދިޔައީ ސައުތް އެފްރިކާއާ ދިމާލަށް ކެނެޑާއަށް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެމީހުން އަތުލައިގަތުމަށްފަހު ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ވަނީ އެމީހުން ރާއްޖެ ސިފައިންނާއި ހަވާލުކޮށްފައެވެ. ރާއްޖޭގެ ސިފައިންނާއި ހަވާލާދީ އިންޑިޔާގެ މީޑީޔާތަކުގައި ބުނެފައިވަނީ އެތަނުން ބައެއް މީހުންގެ އަތުގައި ސައްޚަ ޕާސްޕޯޓެއްވެސް ނެތް ކަމަށާއި އަތުލައިގަނެވުނު މީހުންގެ މައުލޫމާތު ދިވެހި ސަރުކާރުން، ޓެމިލްނާޑުގެ ކަމާ ބެހޭ ފަރާތްތަކާއި އަދި ލަންކާގެ ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ.

އިންޑިޔާ ފުލުހުންނާއި ހަވާލާދީ މީޑީޔާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ 108 ކޭމްޕެއްގައި ލަންކާގެ 68 ހާހަށްވުރެ ގިނަ ލަންކާ ރެފިއުޖީން ތިބިކަމަށާއި ލަންކާ މީހުން ކެރެލާއަށް ގޮސް 50 ލައްކަ އިންޑިއާ ރުޕީސްއަށް ބޯޓެއް ގަނެފައިވާ ކަމަށެވެ. މީގެ އިތުރުން ލަންކާގެ މީހުން ބޯޓެއް ގަންނަން ކެރެލާއަށް ދިޔައީ މިދިޔަ މަހުގައި ފިލައިގެން ކަމަށް އިންޑީޔާ ސިފައިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!