ޚަބަރު
އިތުރު 1000 ޓިކެޓް ވިއްކަން އެފްއޭއެމް އިން ނިންމައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗަށް ހާއްސަކޮށް އިތުރު ޓިކެޓްތަކެއް ވިއްކަން އެފްއޭއެމް އިން ނިންމައިފިއެވެ.

އިތުރު 1000 ޓިކެޓް ވިއްކަން އެފްއޭއެމް އިން ނިންމީ މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުގެ ޓިކެޓް ނުލިބި ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަން ފެށުމުންނެވެ. އެގޮތުން އެފްއޭއެމުން ބުނީ އިތުރު 1،000 ޓިކެޓް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ.

[visual-link-preview encoded=”eyJ0eXBlIjoiZXh0ZXJuYWwiLCJwb3N0IjowLCJwb3N0X2xhYmVsIjoiIiwidXJsIjoiaHR0cHM6Ly93d3cuZmFjZWJvb2suY29tL01hbGRpdmVzRkEvcGhvdG9zL2EuMTQwNTY1MjM0NjQxMTQzMy8yOTExMzA2OTc5MTc5Mjg4LyIsImltYWdlX2lkIjo5MzMyLCJpbWFnZV91cmwiOiJodHRwczovL2h1dmFkaG9vbmV3cy5jb20vd3AtY29udGVudC91cGxvYWRzLzIwMjEvMTAvMjQzODI0NDQ5XzI5MTEzMDY5ODI1MTI2MjFfNzQ3MTMzNDk1NDc0NDY1MTY2Nl9uLmpwZyIsInRpdGxlIjoiTG9nIEluIG9yIFNpZ24gVXAgdG8gVmlldyIsInN1bW1hcnkiOiJTZWUgcG9zdHMsIHBob3RvcyBhbmQgbW9yZSBvbiBGYWNlYm9vay4iLCJ0ZW1wbGF0ZSI6InVzZV9kZWZhdWx0X2Zyb21fc2V0dGluZ3MifQ==”]

އަދި މިރޭ ޓިކެޓް ވިއްކާ އިރު މީހަކަށް ވިއްކާނީ އެންމެ ޓިކެޓެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފޭސްބުކްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމަށް ސްޕޯޓަރުންގެ ސަޕޯޓްވަރަށް މުހިންމުކަމަށާއި މެޗުން މޮޅުވުމަށް 12ވަނަ ކުޅުންތެރިޔާގެ ރޯލް އަދާކޮށްދިނުމަށް ބައްސާމް ވަނީ އެދިވަޑައިގަންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!