ޚަބަރު
ރައީސް އޮފީހުން 1600 ޓިކެޓް ނެގި ވާހަކަ ދޮގުކޮށްފި

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔުމަށް ތާވލް ކުރެވިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މެޗް (ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް)ގެ ވިއްކުމަށް ހަމަޖައްސާފައިވާ ޓިކެޓުތަކުގެ ތެރެއިން ރައީސް އޮފީހުގެ ބޭނުމަށް 1600 ނެގި ވާހަކަ މީސްމީޑިޔާގައި ދެކެވެމުން އަންނައިރު، އެއީ ދޮގެއް ކަމަށް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިމެޗްގެ ޓިކެޓް ވިއްކަން ފެށުމާއިއެކު، 2 ގަޑިއިރުތެރޭގައި މެޗްގެ ހުރިހާ ޓިކެޓެއް ވިކި ހުސްވި މައްސަލައިގައި އާންމުން ވަނީ ހިތްހަމަނުޖެހި އިހުތިޖާޖްކޮށްފައެވެ. އަދި އިޙްތިޖާޖް ކުރަން ފެށުމުން އެފްއޭއެމް އިން މިހާރު ވަނީ އިތުރު ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ. އެގޮތުން އެފްއޭއެމް އިން ބުނެފައިވަނީ ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅި ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާކަމަށެވެ.

ނަމަވެސް ރާއްޖެ ކުޅޭ މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާކަމަށާއި، އެގޮތުން ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އެފްއޭއެމްއިން ބުނެފައިވަނީ އިތުރަށް 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!