ޚަބަރު
އިންޑިޔާ ވީސާ ހޯދަން ކިޔުގައި ޖެހޭ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ- ޝާހިދު

ސިއްހީ ފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާ ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދިއުމަށް، ވިސާ ފޯމު ހުށަހެޅުމަށް އިންޑިއަން ހައި ކޮމިޝަން ކައިރީގައި ގިނަ ބަޔަކު ކިޔުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއަކީ މިފަހަކަށް އައިސް ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާ ގޮތުގައި މެޑިކަލް ވިސާ ހޯދުމުގައި ދިވެހިން ތަކުލީފުތަކެއް އުފުލަމުން އަންނަ ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމުގައެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރު ވެސް އިންޑިއާއިން ވިސާ ހޯދުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީފައިވާ ވާނޭ ކަމުގައެވެ. ވިސާގެ މައްސަލައިގެ މަޝްވަރާތައް އިންޑިއާ ސަރުކާރާއެކު ކުރަމުން އަންނަ ކަމަށާއި ވަަރަށް އަވަހަށް އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ވިސާ ހޯދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކް ކުރެވޭ ގޮތަށް ހަމަޖައްސައިފައިވެއެވެ.

ކޮވިޑް19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްް ނަަމަވެސް އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!