ޚަބަރު
ޖިއާންގެ އާއިލާއަށް ބަދަލުދޭން ކުރި ހުކުމް އިސްތިނާފްކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ސިމެންތި ބަސްތާއެއް ވެއްޓި އުމުރުން ހަ އަހަރުގެ ޖިއާން ރައުޝަން މަރުވި މައްސަލައިގައި، ބަދަލެއްގެ ގޮތުން އާއިލާއަށް 4.5 މިލިއަން ރުފިޔާ ދޭން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެ ކުންފުނިން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ރައުޝަން ޖިއާން މަރުވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމް ޑަބްލިއު ކޮންސްޓްރަކްޝަނުން އިސްތިއުނާފް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 7 އަހަރުގެ ރައުޝާން ޖިއާން 2018 އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މަރުވެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ޢިމާރާތް ކުރަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާގެ ބޮލުގައިޖެހި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.

ރައުޝަން ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އެކުއްޖާގެ އާއިލާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ. ފަނޑިޔާރު އަލީ ނަސީރު ކުރެއްވި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާއަށް ބަދަލު ނަގައިދީފައި ވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. އެއީ ޖިއާންގެ މަރުވުމުގެ ސަބަބުން ދަރިފުޅުގެ ލޯތްބާއި ދެމީހުންގެ ތެރޭގައި އޮންނާނެ ގުޅުން ނެތިދިޔުމުން ލިބުނު ގެއްލުމަށް ނަގައިދިން 1،028،000 ރުފިޔާއާއި، އިލާއަށް ލިބުނު ތަދާއި ވޭނުގެ ބަދަލުގެ ގޮތުގައި ނަގައިދިން 2،196،361 ރުފިޔާއާއި، ޖިއާންގެ ދުނިޔޭގައި ހުރި ނަމަ މަސައްކަތްކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ 1،290،361 ރުފިޔާއާއި ފަރްޒާނާގެ ބޭސް ފަރުވާއަށް ހަރަދުވި 42،318 ރުފިޔާއެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!