ޚަބަރު
ފަނޑިޔާރުންގެ މަސައްކަތަށްފާޑުނުކިޔަން އެދިއްޖެ

ފަނޑިޔާރުންނާއި ބެހޭގޮތުން ހަޤީގަތެއްނެތް ވާހަކަތައް ދައްކާ ފަނޑިޔާރުންގެ މަސައްކަތާއި މެދު ސުވާލު އުފައްދައި ފާޑުނުކިޔަން ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން އެދިއްޖެއެވެ.

އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާގުޅޭ ގޮތުން ޙަޤީޤަތެއްނެތް ވާހަކަ ސޯޝަލް މީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާމެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ޢަދުލު އިންޞާފުގެ ދާއިރާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި ޝަރުޢީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.

ބަޔާނުގައި ބުނާގޮތުން މިފަދަ ކަންތައްތަކަކީ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމުގައި ޤަބޫލު ކުރާކަމަށެވެ. އަދި ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ މަސްލަޙަތު އޮތް ފަރާތްތަކުން އެ ނިންމުމެއް އެއަށްވުރެ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުގެ ބޭނުން ހިފުމަށް، އެ މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަންތައްތައް ނުކުރުމަށާއި ފަނޑިޔާރުންނާއި ބެހޭގޮތުން ހަޤީގަތާ ޚިލާފް ވާހަކަތައް ދުނެއްކުމަށް އެޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަނޑިޔާރުން މަސައްކަތްކުރުމުގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ދެކޭ ނަމަ އެކަންކަމާގުޅޭ ގޮތުން ޢަމަލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއާތުގެ ތެރެއިން ޢަމަލުކުރުމަށް ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!