ޚަބަރު
ދިވެހި ސަޕޯޓަރުންގެ ހެޔޮދުޢާ ގައުމީ ޓީމާއެކު ވާނެ ކަމަށް އުންމީދު ކުރަން: ދަނގަޑޭ

ދިވެހި ސަޕޯޓަރުންގެ ހެޔޮދުޢާ ގައުމީ ޓީމާއެކު ވާނެ ކަމަށް އުންމީދު ކުރާ ކަމުގައި އަލީ އަޝްފާގް (ދަނގަޑޭ) ވިދާޅުވެއްޖެއެވެ.

އަޝްފާގު ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމަކީ ދިވެހި ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

“ކަން ދިމާކުރި ގޮތުން މިފަހަރު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު މަދު ނަމަވެސް އެންމެހާ ސަޕޯޓަރުން ގައުމީ ޓީމާއެކު އެބޭފުޅަކު ހުންނެވި ހިސާބަކުން ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވުން އެދެން. އަދި، ދިވެހި ސަޕޯޓަރުންގެ ހެޔޮ ދުއާ ގައުމީ ޓީމާ އެކު ވާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން.” ދަނގަޑޭ ވިދާޅުވިއެވެ.

ސްރީލަންކާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ، ރާއްޖެ ގަޑިން މިއަދު ހަވީރު 16:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!