ޚަބަރު
ނަހުލާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަނީ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރ ނިހާދު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނިހާދު ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސަބަބުން މި ސަރުކާރާމެދު ރައްޔިތުން ހިތްނުތަނަވަސްކަން އިތުރުވެފައިވާކަމަށެވެ.

އަދި ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކަންކަމަށް އެދިގެން ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހިފައިވާ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓީގެ ޝަކުވާތައް އިންތިހާއަށް ރައްޔިތުން ކުރަމުން އަންނައިރު މިކަންކަން ހައްލު ނުކޮށްދެވޭނަމަ ޓްރާންސްޕޯޓު މިނިސްޓަރު އެ މަޤާމުގައި ހުރުމުގެ ބޭނުމެއް ނެތްކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، އޮޑިޓަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ވޯޓު ނަގާނެކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދުގެ ފާޑުކިޔުން ޓްރާސްޕޯޓަށް އަމާޒުކުރައްވާފައިވާއިރު، ޓްރާންސްޕޯޓްގެ ޚިދުމަތް ހޯދުމުގައި ދިވެހިންނަށް ތަކްލީފް އުފުލަން ޖެހިފައިވާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

 1. އެޖެންޑާ 19

  ނިހާދު ބުންޔަސްތީ ރަގަޅު ވާހަކައެއް،، ދުވަހަކުވެސް ފޯނު ނަގާ ތަނެއްނޫން އަދި ވެހިކަލް ރަޖިސްޓަރީ ކުރުމާއި ދެން ހުރި ޚިދުމަތްތައްވެސް އެހާ އުނދަގޫ، ތިތަން ދޮންނަންވެފާ

 2. ހަސަނާ

  ތިޔަ ކަމެއް ނުވާނެ. ބުރުމާ ޤާސިމް ކޯލިޝަނުން ވަކިވާނެ. އެކަމަކު ތިޔައީ ހަމަ ވަކިކުރަންޖެހޭ މީހެއް. ތަނެއްދޮރެއް ނުދަންނަ ބޮޑު ޖާހިލެއް.

 3. ނަން

  ނިހާދު ހާދަ ހީނުވެޔޭ ތި މައްސަލަ މަޖްލިސް ބޭރު ފާރާ ހަމަޔަށްވެސް ވެއްދޭނެހެނެއް، ބުރުމާ ގާސިމްގެ ބެޑްޝީޓާ ގުޅިފަ ހުރިކަމެއް ތީ!