ޚަބަރު
ކޮނޑޭގައި މިސްކިތެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

ގއ.ކޮނޑޭގައި ބޮޑު މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިސްނަގައިގެން ކޮނޑޭގައި އިމާރާތް ކުރަން ނިންމި މިސްކިތުގެ ޕްރޮޖެކްޓް ހަވާލުކުރެވުނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މިޕްރޮޖެކްޓުގައި ސޮއިކޮށްފައި ވަނީ އަމޭން މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑރ.އަހުމަދު ޒާހިރު އަލީއެވެ.

މިއީ 7.6 މިލިޔަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ. ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ މިމިސްކިތުގައި 300 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

ކުޑަ އާބާދީއެއް އޮންނަ ކޮނޑޭގައި ޒަމާނީ ޑިޒައިނަކަށް އިމާރާތްކުރެވޭ މިމިސްކިތުގެ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!