ޚަބަރު
އަޅުގަނޑާ ބެހޭގޮތުން ދެކެވެނީ ބުހުތާނު ދޮގު ވާހަކަ: ނާޒިލް

ރައްޔިތުންގެ މަޖުލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއާ ބެހޭގޮތުން ދެކެވެނީ ހަޤީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް ނާޒިލް ވިދާޅުވެއްޖެއެވެ.

މަޖުލީހުގައި މިއަދު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ މިދިޔަ ހަފްތާ ނިމުނުއިރު އޭނަޔާ ބެހޭގޮތުން ދެކެވިފައިވަނީ ހަޤީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމަށާއި އޭނަގެ ޖިންސީ ގުނަވަނެއް މަޖުލީހުގެ އެއްވެސް ފިރިހެނަކަށް ފެނިފައި ނުވާނެކަމަށެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް އޭނަގެ ޖިންސީ ގުނަވަނެއް ނުދައްކާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ އަސްލަމްގެ އަނބިކަނބަލުންގެ ގޯތި ރޯކޮށްލަން ބަޔަކު އުޅުނު އިރު އޭގެ ފަހަތުގައި ހުންނެވީ ނާޒިލް ކަމަށް ދެކެވުނު ވާހަކަވެސް އޭނާ ވަނީ ދޮގުކޮށްފައެވެ.

ނާޒިލްގެ މައްސަލައިގައި ގިނަ ބަޔަކު ދަނީ މީޑިޔާގައި އޭނައަށް ފާޑުކިޔަމުންނެވެ.

މަޖިލިސް ތެރޭގައި ހިނގި ޒުވާބެއްގައި ނާޒިލް އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ އެ މައްސަލަ ސުލޫކު ކޮމިޓީއަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް މިކަމާ ބެހޭގޮތުން އަސްލަމް ވިދާޅުވަނީ އެ ކަމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތައް ދައްކަވަން ބޭނުން ނުވާ ކަމަށާއި ނާޒިލްގެ އަމަލުތަކުން އޭނާއަށް ލިބުނީ ޝޮކެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ މީޑިއާ ކޮމިއުނިކޭޝަން ޑިރެކްޓަރު ޒިޔާއު ވިދާޅުވީ މެންބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ ގޮތަށް މެންބަރަކު ހުށަހަޅުއްވާ މައްސަލައެއް އެ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!