13 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި އިންޑިޔާއާއި ދެކޮޅަށް ދިވެހިރާއްޖެ ގަލޮޅުދަނޑަށް ނުކުންނައިރު މިމެޗަކީ ދެޓީމަށްވެސް ފައިނަލެއް ފަދަ މެޗެކެވެ. ސަބަބަކީ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭއިރު ބަލިވާޓީމެއް މުބާރާތާއި އަލްވަދާއު ކިޔަންޖެހޭތީއެވެ.
މެޗް އެއްވަރު ކޮއްްލައިގެންވެސް ދިވެހި ޓީމައް ފައިނަލައް ދިއުމުގެ ފުރުސަތު އޮތް އިރު، އިންޑިޔާއަށް ފައިނަލައް ދިއުމަށް އޮތް ހަމައެކަނި ފުރުސަތަކީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހިޓީމް ބަލިކުރުމެވެ. މީގެ ކުރިން ގަލޮޅުދަނޑުގައި މި ދެ ޓީމް ދެ ފަހަރެއްގެމަތީން ވާދަކޮށްފައިވާއިރު 2000 ވަނަ އަހަރު މަލޭގައި ބޭއްވުނު ގޯލްޑަންޖުބުލީ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗް 1-0 ދިވެހި ރާއްޖެ ކާމިޔާބު ކުރިއެވެ. އަދި 2008 އަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުގައި 1-0 ގެ ނަތީއްޖާއަކުން އިންޑިޔާ އިން ވަނީ ދިވެހި ޓީމުގެ މައްޗައް ކުރިހޯދާފައެވެ.
މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމައްޓަކައި ބުދަ ދުވަހުގެ ހަވީރު 16:00 ގައި ނޭޕާލް އާއި ދެކޮޅަށް ބަންގުލަދޭޝް ނުކުނައިރު މެޗު އެއްވަރުކޮއްލައިގެން ވެސް ފައިނަލްއަށް ދިއުމުގެ ފުރުސަތު ނޭޕާލް ޓީމަށް އެބައޮތެވެ. ނަމަވެސް ބަންގުލަދޭޝް ޓީމަށް ފައިނަލަށް ދިއުމަށް އޮތް ހަމައެކަނި ފުރުސަތަކީ ނޭޕާލް ބަލިކުރުމެވެ.
ލީގު ބުރުގެ އެއް ވަނައިގައި އޮތް ނޭޕާލް އާއި ދެ ވަަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ނޭޕާލް ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި އޮތީ ތިން މެޗުން ހަތަރު ޕޮޮއިންޓް ހޯދައިގެން ބަންގްލަދޭޝް އެވެ. އެންމެ ފުލުގައި އޮތް ލަންކާ މުބާރާތް ނިންމާލީ ހަތަރު މެޗުން ޕޮއިންޓަކާ އެކުއެވެ.
ދިވެހި ޓީމް މޮޅުވުން ދުޢާ އަކީ