ރިޕޯޓް
ބޮޑު ތަދުގައި ދެއްވަދޫގެ ހިތި ޙާލަތު 
ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު މުޅިދުނިޔެއައް ކުރިމަތިވި ތަދުމަޑުކަން ދިވެހިންނަށްވެސް ކުރިމަތިވިއެވެ. ޖަޕާނުގެ އަސްކަރީ އަދި ކަނޑުގެ ސިފައިންގެ އިސްތިއުމާރުގެ ދަށަށް އޭޝިޔާގެ ބޮޑު ބައެއް ގެނައެވެ. އެގޮތުން 1941 އާއި 1942 ގައި ވަނީ ބަރުމާ، މެލޭޝިޔާއަދި ސިންގަޕޫރު ޖަޕާންގެ އަތްދަށަށް ގޮސްފައެވެ.
އަލްއަމީރު މުހައްމަދު އަމީންގެ ވެރިކަމުގަ ޖަރުމަންވިލާތުން ފެށިމިހަގުރާމައިގެ ހަބަރު ރާއްޖެއަށް ލިބުނީ ކޮޅުބުގައި އޭރުހުއްނެވި އިގިރޭސީ ސަފީރުގެ ފަރާތްޕުޅުންނެވެ. މިހަބަރު ލިބުމާ އެއްކޮށް ކާބޯތަކެތި ރައްކާތެރި ކުރުމަށް ރައީސް މުހައްމަދު އަމީން ރާއްޖޭގެ ރަށްތަކަށް ސަރުކާރުގެ އިސްވެރިން ފޮނުވައިގެން ނަސޭހަތްތެރި ވިއެވެ.
އެއިރު އެންމެ އެކަހެރިކޮށް އޮތް ދިވެހިރާއްޖެއަށް ވެސް ހަނގުރާމައިގެ އަސަރުތަކެއްވަނީ ފޯރަން ފަށައިފައެވެ. ކާބޯތަކެތީގެ ދަތިކަމާހުރެ ދިވެހިން ގަހުގެ ތޮއްޓަށް ދާންދެން ކާން މަޖްބޫރުވިއެވެ. ރާއްޖޭގެ ތާރީހުގައި މިނަން ލިޔެވިގެން ދިޔައީ  ‘ ބޮޑު ތަދުގެ’ ގޮތުގައެވެ.
ރާއްޖެއަށް ކާބޯތަކެތި ގެއްނާނެ އެއްވެސް މަގެއް ނުފެނުނެވެ. ހަނގުރާމައިގެ ބިރުވެރިކަން ރާއްޖެއަށް އިހުސާސް ކުރެވުނީ އައްޑު އަތޮޅުގައި އޮތް އިނގިރޭސީންގެ ބޯޓަކަށް ބޮން އެޅުމާ ހިސާބުންނެވެ. ދުވަސްވަރަކީ ދިވެހި އޮޑިވެރިންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން  އަމާން ދުވަސްވަރެއްނޫނެވެ. އެގޮތުން 39 މީހުންނާއިގެން ކޮޅުބަށް ދަތުރުކުރި އައްޑުއަތޮޅު ‘ ޔާހުންބަރާސް’ އޮޑި ޖަޕާންގެ ކަނޑުގެ ސިފައިން ފައްތާލައި  އޮޑިން ދަތުރުކުރި 37 މީހުން ކަނޑުފައްތާލައި ބޯޓްގެ ކެޕްޓަންއާއި އިތުރު މީހަކު ރަހީންކޮށް ސިންގަޕޫރު ޖަލުގައާއި މެލޭޝިޔާ ޖަލުގައި ބިކަތެޅުވި ދުވަސްވަރެވެ.
ދިވެހީން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މަސްވެރިކަމާ ދަނޑުވެރިކަން ކަމުގައި ވިޔަސް ބާނާ މަސްކޮޅާ ހައްދާ ތަރުކާރީ ކޮޅުވެސް ވިއްކޭނެ ގޮތެއްނެތެވެ. ރާއްޖެއަށް ކާބޯތަކެތީގެ ތަދުމަޑުކަން އަޔަ ނުދިނުމަށް ސަރުކާރުން ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ދިވެހިން ބަނޑަށް ޖެހުނެވެ.
ޑރ ﷲއަބްދު ވަހީދު ވަން އޮންލައިން ވެބްސައިޓްގައި، ބޮޑު ހަނގުރާމައިހެ ތަދުމަޑުކަމާއި އެކު ” ބައިލާހި ބައިކުޅަ” ދިވެހި ތާރީހުގެ ނުފޮހެވޭނެ ހަނދާނަކަށް މިލިޔުމުގެ ދަށުން ލިޔުއްވާފަވެއެވެ، ސަރުކާރުގެ މިންނެތް މަސައްކަތާއި އެކީ ވެސް ރާއްޖެއަށް ކާބޯތަކެތި ގެނެވެނީ މާމަދުންނެވެ. އަދި ބާޒާރުގައި އެތަކެތީގެ އަގު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށެވެ. ބައެއް ވިޔަފާރިވެރިން އެކަމުގެ ފައިދާ ނެގުމުގެ ނިޔަތުގައި މުދާ ފޮރުވަން ފަށައިފިއެވެ. މިކަން ހައްލުކުރުމަށްޓަކައި 11 ޝައްވާލު 1361 (22 އޮކްޓޯބަރ 1942) ގައި ޤާނޫނު ނަންބަރު 1/61 “ހަނގުރާމައިގެ ދަތިކަން ފިލަންދެން ބައެއް ތަކެތި ސަރުކާރުން އެކަނި ވިއްކުމުގެ ޤާނޫނު” ފާސްކުރިއެވެ. މި ޤާނޫނުގެ ދަށުން ބާޒާރުގައި ވިއްކަން ހުންނަ ބާވަތްތަކުގެ ތެރެއިން ސަރުކާރަށް ފެންނަ ބާވަތްތައް ސަރުކާރަށް ގަނޑުކޮށް ގަނެ، ސަރުކާރުން ވިއްކާ ގޮތަށް ހަމަޖެއްސުނެވެ. އެންމެ ފުރަތަމަ މިހެން ކޮންޓްރޯލް ކުރެއްވީ ދޯބުރާލި ހަކުރާއި އުއްސަކުރެވެ. ދެން ގުޑާކާއި ދިވެހި ހަކުރެވެ.
ކޮންމެ ރަށަކީ ދަޑުވެރިކަން ކުރާރަށްތަކަށް ނުވުމުން ދިވެހިން ވަރަށްބޮޑަށް ކާއެއްޗިއްސަށްް ޖެހުނެވެ. އެންމެފަހުން ވައްކަމާއި ފޭރުން ރާއްޖޭގެ ރަށްތަކުގައި ހިގަންފަށާފިއެވެ. ބަޔެއްމީހުން ކާނެއެއްޗެއް ނުލިބި ބަޑަށް މަރުވާން ފަށާފިއެވެ.
ދިވެހިންގެ ކިޔައިއުޅޭ  “ބޮޑު ތަދު”އަކީ މިއީއެވެ. މިއަދު މިވާހަކަ ދައްކާނެ މީހުން މަދުވެއްޖެއެވެ. އެވާހަކަތަށް ހަދާން ހުންނަ މީހުންވެސް މަދުވެއްޖެއެވެ. އެހެނަސް އޭރުގެ މީހުން އެމީހުންގެ ކާފަމާފަ މުންނަ ދަރިންނަށް މިހިތްދަތި އުދާސްތަށް އެމީހުންގެ މަރުދުވަހާއި ހަމަޔަށްވެސް ކިޔައިދީފަ ހުންނާނެކަން ޔަޤީނެވެ.
01 ސެޕްޓޭމްބަރ 1939 ވަނަ އަހަރުފެށި ދެވަނަ ބޮޑުހަގުރާމާގައި ދެއްވަދޫ ރައްޔިތުން އުޅުނުހާލު ދެއްވަދޫ ކުދިމާގެ މަރުހޫމް އަބްދުލްކަރީމް ޝާކިރު އެކިދުވަސް ދުވަހު ވަރަށްގިނައިން އަހަންނަށް ކިޔައިދިނެވެ. ކަރިމްބެއްޔާއަކީ ކޮންމެ ދުވަހަކުމެ އަހަރެންގެ ގެއަށް އަންނަ މީހެކެވެ. އަބަދުވެސް އިހުގެ ކޮންމެވެސް ވާހަކައެއް އޭނާ ކިޔައިދެއެވެ. އަހަންނަކީ ކުޑައިރުވެސް މީހުންކައިރީ އިހުގެ ވާހަކަތަށް އަހައިއުޅުނު ކުއްޖެކެވެ. ބައެއްފަހަރު މިހެން ދައްކާ ވާހަކަތަށް އަޑުނާހާކަމަށް ހެދިގެންއިދެ އަޑުއަހަން އިންނަ ކުޑަކުޑަ ކުއްޖެކެވެ.
ކަރިމްބެއްޔާ ކިޔައިދިން ގޮތުގައި ބޮޑުހަނގުރާމަ ފަށައިފިއޭ ބުނީމާ އެންމެންވެސްތިބީ ބިރުންނެވެ. އޭރުގެ މުވާސަލާތީ ގުޅުން ހުންނަގޮތުން ހަނގުރާމާގެ މަޢުލޫމާތު އެހާވަރަކަށް ނުލިބެއެވެ. މިހެން އުޅެނިކޮށް ސަރުކާރުގެ ފަރާތުން ރައީސް މުހައްމަދު އަމީން ފޮނުއްވެވި ވަފްދެއް ވަޑައިގެން އެންމެންވެސް ކާޑުގެ ބާވަތްތަކަށް ބަލައިގެން ވީހާވެސް ގިނައިން މޭވާ، ތަރުކާރީގެ ބާވަތުގެ ގަސްތަށް އިންދުމަށާއި، އެކަކު އަނެކަކަށް އެހީތެރިވެގެން އުޅުމަށް ނަސޭޙަތްތެރިވިއެވެ.
ހަނޑުލާ ފުށާއި ކަރާސީން ކުރިޔަށްއޮތް ތިން އަހަރުވެސް ރާއްޖެއަށް ގެނިވިދާނެހެން ހީނުވާ ކަމަށާއި އެހެންކަމުން ވީހާވެސް ބޮޑަށް ބަލައިގެން އުޅުމަށް ރައްޔިތުންނަށް ނަސޭޙަތްތެރިވިއެވެ.
ރައްޔިތުން އެކަކު އަނެކަކަށް ވަރަށްބޮޑަށް އެހީތެރިވެދީގެން އުޅެނިކޮށް މީހުންގެ އަތުން ކާޑުގެ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތަށް ހުސްވެއްޖެއެވެ. މިރަށަކީ ދަނޑުވެރި ރަށަކަށް ނުވުމުން އެހާވަރަކަށް ފަލަމަޑީގެ ބާވަތެއް ނުހުރެއެވެ.
އެހާހިސާބުން ރައްޔިތުން ވަރަށްބޮޑަށް ކާނާއަށް ޖެހުނެވެ. ވަށައިގެން އިވެމުން ދިޔައީ ބަނޑުހައިހޫނުގެ ރުއިމާއި ގިސްލުމާއި ކެކުޅުމުގެ އަޑުތަކެވެ. ކާނެ އެއްޗެއް ނެތިވެގެން ފަޅޯގަހުގެ ދަނޑި އާއި ފަތްޕިލާވެއްޔާ، ވަނދު ބަނބުކޭލާ މިހެންގޮސް ފަތްކޭލުގެ ދަނޑިވެސް ފެނުކައްކައިގެ ކައިއުޅުނެވެ. އަނެށްހެން ބުނާނަމަ އޭރު މީހުން ކައިއުޅުނީ ކުނީގެ ބާވަތްތްތަކެވެ. ކާނެ އެއްޗެއް ނުލިބިގެން ޅަކުދިން ބަޑަށް މަރުވާން ފެށީއެވެ. އެތަކެއް ތުއްތު ފުރާނެއް ނެތިވެދިޔައެވެ.
ކައިރި ރަށްތަށުން ކޮންމެވެސް ވަރަކަށް އޮޅުއަލައާއި ކައްޓަލަ ލިބުނަސް އެންމެންވެސް އުޅުނީ ދަތިހާލުގައި ކަމުން އެންމެފަހުން އެކަކު އަނެކަކަށް ކާއެތިކޮޅެއް ދިއްކޮށްލާނެ މީހަކު ނުވިއެވެ. އެހެންކަމުން ލިބެމުންއައި އެއްޗެހިވެސް ހުއްޓުނީއެވެ.
ކާބޯތަކެތީގެ ދަތިކަމާއި އެއްވަރަށް އުނުއަންނާނެ އަންނައުންވެސް ނެތެވެ. އަންނައުންގަ ވީދިފާ ހުންނަތަންތަނުގައި ފޮތިއޮޅައި ފަހައިގެން ލައިގެން އުޅުނީއެވެ. ބައެއް އަންހެންވެރިން އުނުއަންނާނެ އެއްޗެއްނެތިފަ ގެއިން ނުނުކުމެވެސް ތިއްބެވެ.
ބޮޑު ތަދުގެ ދިލަވޭނުން އަރައިގެނެވުނީ 1946 ގައި ދެވަނަ ބޮޑުހަނގުރާމަ ނިމުމުގެ ފަހުންނެވެ.
މިއީ އޭނާ މިވާހަކަ ކިޔައިދިން ގޮތެވެ. މިވާހަކަ ދައްކާނެ މީހުން މިހާރު މަދުވިޔަސް މިއީވެސް ހިނގައިފައިވާ އިހުގެ ކާބަފައިން ތަހައްމަލް ކޮށްފައިވާ ދަތި ހިތްދަތި ދުވަސްވަރެކެވެ