ޚަބަރު
ފަހުގެ އާދޭސް” ހިމޭން އިހުތިޖާޖުގައި 1500 އަށް ވުރެ ގިނަ ބައިވެރިން”

“ފަހުގެ އާދޭސް” ގެ ނަމުގައި ހިޔާ ޔޫނިއަން އިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެޔޫނިއަންއިން ބުނެފިއެވެ.

ހިޔާފުލެޓު ލިބުނު މީހުންނާއި އެމީސް މީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ބޭއްވި މި ހިމޭން އިހުތިޖާޖު 30 ގަޑިއިރާއި 23 މިނެޓަށް ވަނީ ކުރިޔަށް ގެން ގޮސްފައެވެ. މިދިޔަ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައި ފެށިގެން ކުރިޔަށް ދިޔަ އިހުތިޖާޖުގެ ބައިވެރިން ބޭނުންކުރި ހޭޝްޓެގްތަކަކީ #އަޑުއަހާށޭ އަޑުއިވޭހޭ ރައްޔިތުން އަޑު އަދި #ނިކަމެތި ރައްޔިތުން ނިކަމެތި ވާނީ ރައްޔިތުން، މިދެ ހޭޝްޓެގެވެ. މި އިހުތިޖާޖުގައި ހިޔާ ޔޫނިއަން އިން މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރާށެވެ.

މީގެ އިތުރުން ޖޫން އެއްވަނަ ދުވަހު ހިޔާ ޔޫނިއަންގެ ފަރާތުން ޕެޓިޝަނެއްވެސް ހުށަހެޅިއެވެ. މި ޕެޓިޝަންގައި ވެސް ކުލި ކުޑަ ކޮށްދިނުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއަދަތު 12 މަހަށް އިތުރުކޮށް ދިނުމާއި، ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމަށް ވަނީ އެދިފައެވެ.

މި މަހުގެ 14 ވަނަ ދުވަހުން ފަށައިގެން އެއްބަސްވުންތަށް ނިންމާ، ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!