ދުނިޔޭގެ ތަފާތު ގައުމުތަކުގައި ކަސްޓަމަރުންގެ ކްރެޑިޓްކާޑު ބޭނުންކޮށްގެން ހިންގާ ފައިސާގެ ސްކޭމް (ހިޔާނާތް) ތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އަތެއްވާ ކަމަށް އަމިއްލަ ފަރާތަކުން ތުހުމަތު ކޮށްފިއެވެ.
މިއަދު ޓުވިޓާ މެދުވެރިކޮށް ކަސްޓަމަރަކު ކޮށްފައިވާ ތުހުމަތުގައި ވަނީ، ޢޭނާގެ މާސްޓާ ކާޑުން 648 ޑޮލަރު އެޕްރޫވް ކޮށްފައިނުވަނީސް ކެނޑިފައިވާ ކަމަށެވެ.
BankofMaldives has an inside connection with international scam networks & many stories are coming out, how customers credit cards are used to charge in other countries: US, Italy etc. I lost USD 648 charged on my Master card, unapproved by me.
How to report Police/Mastercard?
— Fathimath Afiya (@FathmathAfiya) October 12, 2021
އޭނާގެ ތުހުމަތަށް ރައްދު ދެމުން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ކަސްޓަމަރުގެ ކޮންޓެކްޓް ނަންބަރާއި އައިޑިކާޑު ނަންބަރު ހިއްސާކޮށްދެއްވުމަށެވެ. އަދި ބެންކް އޮފް މޯލްޑިވްސްގެ ފަރާތުން އެމީހާއަށް ގުޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ ރިޕްލައި އަށް ރައްދުދެމުން ތުހުމަތު ކުރެއްވި ފަރާތުން ބުނެފައިވަނީ ބީއެމްއެލް އެތެރޭގައި ހިގާ ހިޔާނާތްތައް ކަސްޓަމަރުންނަށް ހާމަކުރުމަށެވެ. އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް މިމައްސަލައާ ގުޅިގެން ކޮށްފައިވާ މެސެޖުތައް ކުއްލިއަކަށް ވަނީ ގެއްލިފައެވެ. ނަމަވެސް ކޮށްފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓް ތައް ހެއްކެއްގެ ގޮތުގައި އެބަހުރި ކަމަށެވެ. ބެންކް އޮފް މޯލްޑިވްސް އިން ދެމުން އަންނަ ކަސްޓަމަރ ސަރވިސްގެ ހިދުމަތުގައި ގޮތް ނޭނގޭ ކަންތައްތައް ހުރި ކަމަށްވެސް އެފަރާތުން ތުހުމަތުކޮށްފައިވެއެވެ.
ބޭންކްގެ އިތުބާރު މިހާރުވަނީ ގެއްލިފައި