ޚަބަރު
ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓު ފަސޭހައިން ލިބޭނެ އިންތިޒާމެއް

ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓު ފަސޭހައިން ލިބޭނެ އިންތިޒާމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފޭސްބުކް ކުރެއްވީ ޕޯސްޓެއްގައެވެ. މަޙްލޫފް ވިދާޅުވެފައިވަނީ ޓިކެޓު ގަތުމަށް މިހާރު ކިޔު ހަދާފަ ތިބިފަރާތްތަކުގެ ޝަކުވާ އަޑު އަހާ, ‏މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތަށް ދަނީ އިންތިޒާމް ކުރެވެމުން ގެންދަވާކަމަށެެވެ.

އެގޮތުން 3000 ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ މީހަކަށް 2 ޓިކެޓު ގަންނަން ލިބޭނެ ކަމަށް ވެސް މިނިސްޓަރ މަހުލޫފް ގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. އަދި ހަމަ އެހެންމެ މާރުުކުރަން ނުޖެހޭގޮތަށް ފައިސާ ގެންދިއުމަށް މިނިސްޓްރ އެދިލައްވާފައިވެއެވެ.

ސާފް ޗެމްޕިިއަންޝިޕް ގެ ޓިކެޓު ލިބުމުގައި ކިޔު ޖެހުމުގައި އަދި ޓިކެޓު ލިބުމުގައި ދަތިތަކެއް ހުރީތީ ބައެއް އާންމު ވަނީ މިނިސްޓްރ މަޙްލޫފް އާއި ރޭ ބައްދަލު ކޮށްފައެވެ.

13 އޮކްޓޯބަރ 2021 ދުވަހުގެ ރޭ 21:00 ގައި އިންޑިޔާއާއި ދެކޮޅަށް ދިވެހިރާއްޖެ ގަލޮޅުދަނޑަށް ނުކުންނަ މިމެޗަކީ ދެޓީމައްވެސް ސެމީފައިނަލެއް ފަދަ މެޗެކެވެ. އަދި މި މެޗަކީ ވަރަށް ފޯރި ގަދަ މެޗަކަށް ވާނެ މެޗެކެވެ.