ޚަބަރު
ޕްރޮފެސަރ އުގައިލާއި އެކު ތިނަދޫ ޑަބްލިއުޑީސީ އިން ކްލަބް ހައުސް އަށް

ބައިނަލް އަޤްވާމީ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމަށް ޕްރޮފެސަރ އަހުމަދު އުގައިލާއި އެކު ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކްލަބް ހައުސް ގައި މާދަމާ ރޭ ސެޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ގދ ތިނަދޫ ޑަބްލިއުޑީސީ ގެ ރައީސާ ޖީޒާ ޙަސަން ވިދާޅުވީ ޕްރޮފެސަރ އުގައިލް ބައިވެރިވެ ވަޑައިގެންންނަވާ މިސެޝަނަކީ އުފެދެމުން އަންނަ ޒުވާން ލިޔުންތެރިންނަށް މިހާރުގެ ލިޔުންތެރިކަމުގެ މައުލޫމާތު ހިއްސާ ކުރުމާއި ލިޔުންތެރިން ގެ ސުވާލު ތަކަށް ޖަވާބު ދިނުމަށް ބާއްވާ 2 ގަޑިއިރުގެ ބައްދަލުވުމެއްކަމަށާއި މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުރިޔަށް ގެންދާ ކްލަބްހައުސް ސެޝަންގައި ލިޔުންތެރިންގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރުމަށް ވެސް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.

ރައީސާ އިތުރަށް ވިދާޅުވީ 12 ޖުލައި 2021 ގެ ރޭ 8 ޖަހާ އިރު ފަށާ މި ސެޝަންގައި ތިނަދޫ ގެ ފުންނާބު އުސް ބައެއް އަންހެން ލިޔުންތެރިން މަޢުލޫމާތު ދެއްވުމަށް ބައިވެރިވެ ވަޑައިގެންނަވާނެކަމުގައެވެ.

ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ވިދާޅުވީ ބައިނަލް އަޤްވާމީ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަމުން ކޮމެޓީ އިން ހިންގުމާށް ހަމަޖެހިފައިވާ ކަންތައް ތަކުގެ ތެރޭގައި ތިނަދޫގެ ލިޔުންތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިތުރު ކަމެއް ހިންގުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!