ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްފި

ގިނަ ދުވަސްތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތަކުގެ ތަފްސީލްވެސް ދެއްވާފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިހާތަނަށް މަޖިލީހަށް ހުށަހެޅިފައިވާ 111 ބިލުގެ ތެރެއިން 78 ބިލުގެ މަސައްކަތް ނިމިފައިވާއިރު 32 ބިލެއް ނުނިމި އޮތް ކަމަށެވެ. އަދި މަޖިލީހަށް ހުށަޅި 36 ޤަރާރުގެ ތެރެއިން 28 ގަރާރެއްގެ މަސައްކަތް ނިމި 8 ޤަރާރެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ހުށަހެޅުނު 137 މައްސަލައިގެ ތެރެއިން 128 މައްސަލަ ނިމި 8 މައްސަލައެއްގެ މަސައްކަތް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އާންމުން ހުށަހެޅި 1126 މައްސަލައިގެ ތެރެއިން 1907 މައްސަލަ ނިމިފައިވާއިރު 181 މައްސަލައިގެ މަސައްކަތް ނުނިމި އޮތްކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެހެނިހެން މައްސަލަތަކުގެ ގޮތުގައި 701 މައްސަލަ ހުށަހެޅިފައިވާއިރު، 529 މައްސަލަ ނިމި 137 މައްސަލަ އަދި ނުނިމޭކަން ހާމަކޮށްފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، ނުނިމި ހުރި ބިލްތަކާއި މަސައްކަތްތައް ސުންގަޑި ހަމަވުމުގެ ކުރިން މަޖިލިސް މެމްބަރުން ޚާއްސަ ސަމާލުކަން ދެއްވައިގެން ވީހާވެސް އަވަހަށް ނިންމެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ބަޖެޓް ދިރާސާކުރިއިރު ލަފާކުރި މިންވަރަށް ވުރެ ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށެވެ. އަދި މަޖިލީހުން ފާސްކުރި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށާއި، ކޮވިޑް-19އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި، އަލުން ފަތުރުވެރިކަން ފެށިގެން ދިޔުމުން ރާއްޖޭގެ އިޤްތިސާދީ މިންގަނޑު އިތުރުވެގެން ދިޔަކަން އެމަނިކުފާނު ފާހަނގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!