ދިވެހިންނަކީ އަޅުވެތިކަމަށް ދީލާލާއިގެން ތިބޭނެ ބައެއް ނޫންކަމަށް ބުނެފިއެވެ.
އިންޑިއާ އައުޓް ހޭޝް ޓެގް ޖަހައި ދާދި ދެންމެއަކު އަލީ ރަމީޒު ކޮށްފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ، އެހެން އެއްވެސް ގައުމެއްގެ ސިފައިންނަކަށް މިގައުމުގައި ނުތިބެވޭނެ ކަމަށާއި ދިވެހިންނަކީ އަޅުވެތިކަމަށް ދީލާލާނެ ބައެއް ނޫންކަމަށެވެ.
Ehen evves qaumegge sifainnakah mi qaumuga nuthibeveyne. Dhivehi rayyithunnakee alhuvethi kamah dheelaalaane bayeh noonkan handhaan kuraathi.#indiaOut
— Ali Rameez 🇲🇻🇵🇸 (@aliramyz) October 12, 2021
އަލީ ރަމީޒު މިހެން ބުނެފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ގެންދަވަނީ “އިންޑިއާ މިލިޓަރީ އައުޓް” ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ، މާލެ ސިޓީ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކުރެއްވި މައްސަލަވެސް ވަނީ ހޫނުވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އަބަދުވެސް ފެންމަތިވެއެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގިނަ ބަޔަކު ގޮވަމުންދާއިރު އަދިވެސް އިންޑިއާ ސިފައިން ތިއްބެވީ ރާއްޖޭގައެވެ.