ޚަބަރު
މާލެ ގްރޭންޑް ލިފްޓް ތެރޭ ކުޑަކުދިންތަކެއް ތާށިވެއްޖެ

މާލެ ގްރޭންޑް ލިފްޓް ތެރޭ ކުޑަކުދިންތަކެއް ތާށިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން ދިމާވި މައްސަލައަކުން މާލެ ގްރޭންޑް ލިފްޓްގެ ތެރޭގައި ކުޑަކުދިން ތާށިވުމާ ގުޅިގެން ސަލާމަތީ ހިދުމަތްތަކަށް ރިޕޯޓުކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް އެތަނަށް އެޓެންޑް ވެފައި ނުވާކަމަށެވެ.

މާލެސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި، އެމައްސަލަ ހައްލު ކުރެވި މިހާރު ދަނީ ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ކަރަންޓު ދިއުމުގެ ސަބަބުން 4 އިމާރާތެއްގެ ލިފްޓް ހުއްޓުމުގެ ހާދިސާ މިއަދު ހިނގާފައިވާ ކަމަށާއި، އޭގެ ތެރެއިން 3 އިމާރާތެއްގެ ލިފްޓް ވަނީ މިހާރު ހުޅުވާދެވިފައި ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ގެންދަނީ “މާލެ ގްރޭންޑް”ގެ ލިފްޓް ހުލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ކަރަންޓު ދިއުމުގެ ސަބަބުން ލިފްޓް ހުއްޓުމުގެ ހާދިސާ ހިގާފައިވަނީ، ކުރީގެ އާލިއާ ސްކޫލް، ވެލާނާގެ، މާލެ ގްރޭންޑްގެ އިތުރުން މާފަންނު މަދަރުސާ ކައިރީ ހުންނަ މޯލްޑިވިއަން އޮފީސް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!