ޚަބަރު
ޓިކެޓު ކިއުގައި މާރާމާރީ ހިންގައިފި

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ގަތުމަށް ހަދާފައިވާ ކިއުގައި މިއަދު މާރާމާރީ ހިންގައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކިއުގައި ހުރި މީހަކު ބުނީ، ކިއުގައި މީހުން ޖެހިގެން ތިއްބައި އެސަރަހައްދައި ސައިކަލުތަކެއްގައި އައި ބަޔަކު ކިއުގައި ހުރި މީހަކާ ޒުވާބު ކުރުމަށްފަހު މާރާމާރީ ހިންގައި ރެންޗަކުން ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖެ-އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން މިއަދު ފަށާފައިވާއިރު ޓިކެޓު ވިއްކަން ހަމަޖައްސާފައިވަނީ ދިވެހި ސަޕޯޓަރުންނަށް 3،000 ޓިކެޓެކެވެ. އަދި އިންޑިޔާ ސަޕޯޓަރުންނަށް ވިއްކަން ހަމަޖައްސާފައިވަނީ 200 ޓިކެޓެވެ. މި ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ މީހަކަށް 2 ޓިކެޓުގެ އުސޫލުންނެވެ.

ސޯޝަލް ސެންޓަރުން ޓިކެޓު ވިއްކަމުން އަންނައިރު އެ ސަރަަހައްދުގައި މިހާރުވަނީ ބޮޑު ކިއުއެއް ހަދާފައެވެ. އެ ސަރަހައްދުގައި ހަދާފައިވާ ކިއުވަނީ އައިޖީއެމްއެޗް ހޮސްޕިޓަލާ ހަމައަށް ދެމިގެން ގޮސްފައެވެ.

Comment