ޚަބަރު
ކުޅުދުއްފުށީ ކޯޓުގެ ޤާޒީ ސަސްޕެންޑްކޮށްފި

ހދ.ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފިއެވެ.

އެކޮމިޝަނުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އޭނާ ސަސްޕެންޑްކޮށްފައިވަނީ އެއްވެސް ވަރަކަށް ޖިނާއީ މައްސަލަތައް ނުބަލާތީ ކަމަށެވެ.

އިބްރާހިމް ޝާހިދު އެއްވެސް ގޮތަކަށް ޖިނާއީ މައްސަލަތައް ނުބަލާ ކަމަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން އެކޮމިޝަނުން ވަނީ އެކަން ތަހުޤީގުކޮށްފައެވެ. މިތަހުޤީގުން އެގުނު ގޮތުގައި އެއީ ތެދުވާހަކައެއްކަން ވަނީ ހާމަވެފައެވެ. އަދި މިކަމާ އެގާޒީ ވަނީ އަމިއްލައަށްވެސް އިއުތިރާފްވެފައެވެ.

އެހެންކަމުން ޖޭއެސްއިން ވަނީ މިއަދު ޤާޒީ އިބްރާހިމް ޝާހިދުއަށް މުސާރަޔާ އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެގާޒީ ޖިނާއީ މައްސަލަތައް ނުބަލާ ސަބަބު ޖޭއެސް އިން ހާމަކޮށްފައިނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!