މާލޭގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވަސް ނުފުރާ އައިޖީއެމްއެޗްއަށް ވިހެއީ އެއްމާބަނޑު ތިން ފިރިހެން ކުދިންނެވެ. މިކުދިން ނިޔާވެފައިވަނީ ވޯޓަރ ބޭގު ފަޅައިގެން ގޮސްގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މާލޭގައި ދިރިއުޅޭ އައްޑު ދެމަފިރިއަކަށް ލިބުނު މިކުދިންގެ މަރާ ގުޅޭގޮތުން އޮންލައިން ނޫސް “މިހާރު” އަށް މައުލޫމާތު ދެއްވަމުން ކުދިންގެ ބައްޕަ ބުނީ، އަންހެނުންގެ ބަނޑަށް ފަސް މަހުގައި ތިން ކުދިން އުފަންވުމާ ހަމައަށްވެސް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށާއި، މިއަދު ހެނދުނާ ހަމައަށްވެސް ހުރިހާ ކަމެއް ރަނގަޅު ކަމަށެވެ.
“ބަނޑަށް ފަސް މަހުގައި ވޯޓާ ބޭގް ފަޅައިގެން އެ ދިޔައީ. އެމީހުން [އައިޖީއެމްއެޗް] އިން ބުނަނީ ބޮޑުވާނެ ޖާގަ ނުލިބިގެން ޕްރެޝާ ވެގެން ވޯޓާ ބޭގް ފަޅައިގެން ދިޔައީ ކަމަށް ކެއްސާލިތަނާ. އަންހެނުން ތަންކޮޅެއް ކުޑަކޮށް ހުންނާނީ. ދެން އެހެން ލަފާކުރެވެނީ،” އަސްރު ނަމާދުގެ ފަހުން ބޭއްވި ތިން ކުދިންގެ ޖަނާޒާއަށް ފަހު އާސަހަރާގައި ހުރެ އަހްމަދު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އަނބިމީހާ ބަލިވެއިން ފަހުން ކްލިނިކަށް އަދި ފަހުން އައިޖީއެމްއެޗަށް ގަވާއިދުން އައީ ދައްކަމުންނެވެ އަހްމަދު ބުނި ގޮތުގައި ތިން ކުދިން ނިޔާވީ އުފަންވިތާ ގަޑިއެއްހާއިރު ވެސް ވީ ފަހުންނެވެ. އެއީ އުފަންވުމާ އެކު އެންއައިސީޔޫއަށް ގެންގޮސް އެތަނުގަ އެވެ.