ކުޅިވަރު
އިންޑިޔާ 93 ގޯލް, ދިވެހިރާއްޖެ 93 ގޯލް

1993 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި އެންމެ ކާމިޔާބު ދެގައުމަކީ އިންޑިޔާ އަދި ދިވެހިރާއްޖެއެވެ.

މިހާތަނަށް ސާފްޗެމްޕިއަންޝިޕް ފުޓްބޯލަ މުބާރާތް 12 ފަހަރަށް ބޭއްވުނު އިރު އޭގެތެރެއިން 07 މުބާރާތްް އިންޑިޔާ އިން ކާމިޔާބު ކޮށްފައިވާއިރު 11 ފަހަރަށް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވެއެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ 1997 އަހަރު ނޭޕާލުގައި ބޭއްވު 03 ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. ދިވެހިރާއްޖެ އިން މި މުބާރާތުގައި 10 ފަހަރު ވާދަކޮށް، އޭގެތެރެއިން 02 މުބާރާތްް ދިވެހިޓީމް ކާމިޔާބު ކޮއްފައިވާއިރު 05 ފަހަރަށް މުބާރާތުގެ ފައިނަލްގައި ވާދަކޮއްފައި ވެއެވެ.

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ އާއި ދިވެހިރާއްޖެ 13 ފަހަރަށް ވާދަކޮށްފައި ވާއިރު އޭގެ ތެރެއިން 09 މެޗް އިންޑިޔާ ކާމިޔާބުކޮއަފައިވެއެވެ. ދިވެހިރާއްޖެ 03 މެޗުން މޮޅުވިއިރު 1997 ވަނަ އަހަރު ނޭޕާލް ބޭއްވުނު ސަފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމް ވާދަކުރި މެޗް ނިމި ފައިވަނީ 2-2 ދެޓީމް އެއްވަރުވެގެންނެވެ.

މިމުބާރާތުގައި އިންޑިޔާ އިން 55 މެޗް ކުޅެފައިވާއިރު 35 މެޗުން މޮޅުވެ 12 މެޗުން އެއްވަރުވިއިރު، ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބަލިވެފައި ވަނީ 08 މެޗުންނެވެ. އެގޮތުން ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއިން 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކަށް އިންޑިޔާގެ ގޯލައް ވައްދާލެވިފައި ވަނީ 35 ގޯލެވެ.

ދިވެހިރާއްޖެ ސާފްޗެމްޕިއަންޝިޕުގައި 46 މެޗް ކުޅެފައިވާއިރު 24 މެޗުން މޮޅުވެ 11 މެޗުން އެއްވަރުވިއިރު، ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބަލިވެފައި ވަނީ 11 މެޗުންނެވެ. އެގޮތުން ދިވެހިރާއްޖެ ސާފްޗެމްޕިައންޝިޕްގައި 93 ގޯލް ކާމިޔާބު ކޮއްފައިވާއިރު ސަރަހައްދީ އެހެން ގައުމުތަކަށް ދިވެހިރާއްޖޭގެ ގޯލަށް ވައްދާލެވިފައި ވަނީ 45 ގޯލެވެ.

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ސުނިލް ޗެތުރީ، 15 ގޯލެވެ. އަދި ރާއްޖެގެ ފޯވާޑު އަލީ އަޝްފާގު އަކީ މި މުބާރާތުގެ ތާރީޚްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އެވެ.

އަޝްފާގު ވަނީ މި އަހަރުގެ މުބާރާތުގައި ކަމިޔާބު ކުރި 02 ގޯލާއިއެކު ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ޓީމަށް 22 ގޯލް ކާމިޔާބު ކޮއްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!