ސްރީލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔޮހާނީ ރިމޭކް ކުރި “މަނިކޭ މަގޭ ހިތޭ” ލަވަޔަށް މުޅި އޭޝިއާގެ ސަމާލުކަން ލިބުނު ފަހުން މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ވެސް މިލަވައިގެ އަޑުވަނީ ގަދަވެފައެވެ. ސްރީލަންކާގެ ގައުމީ ޓީމުގެ މެޗެއް އޮންނަ ކޮންމެ ދުވަހެއްގައި މިލަވައިގެ ވާހަކަ މީސްމީޑިއާގެ އެކި މަންސަ ތަކުގައި ދެކެވެމުން ދެއެވެ.
ކޮންމެ މުބާރާތެއްގައިވެސް ތަފާތު ކަންކަން ފެންނަމުން ދާއިރު، މިހާރު ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައިވެސް ތަފާތު ކަމެއް ފެނި ރާއްޖޭގެ މުޅި މީސްމީޑިއާ އެކަމަކަށް ވަނީ ހުއްޓިފައެވެ. ހުޅުވާލި ކޮންމެ ޕްލެޓްފޯމެއްގަވެސް އެ ފޮޓޯ ތަކާއި އެވާހަކައެވެ. މެޗެއްގެ ތެރެއިން ނެގި ސެލްފީއަކުން މުޅި ރާއްޖޭގެ ސަމާލުކަން ލިބިއްޖެއެވެ.
ޓްވިޓާ އެކްޓިވިސްޓް “ދޮންކޮޅު” އާންމު ނަމުންނަމަ އެންމެންގެ ދޮންބެ އެންމެ ފުރަތަމަ އޭނާގެ ޓްވިޓާގައި ހިއްސާ ކޮށްލީ ސްރީލަންކާގެ ޓީމަށް ސަޕޯޓް ކުރަން ހުރި އެ ގައުމުގެ ރީތި އަންހެން ކުއްޖެއްގެ ފޮޓޯ އެކެވެ. އެއާއި އެކު ކެޕްޝަނުގައި ޔޮހާނީ ގެ “މަނިކޭ މަގޭ ހިތޭ” ލަވައިގެ އެތަންކޮޅު ލިޔުނެވެ.
މި މަހު ދިހަ ވަނަ ދުވަހު ދޮންބެ ހިއްސާ ކުރި އެފޮޓޯ އަކީ އެހެން ގިނަ ދިވެހި ފިރިހެނުންވެސް މީސްމީޑިއާގައި ހިއްސާ ކޮށްލި ފޮޓޯ އެކެވެ. ސްރީލަންކާގެ ރީތި ޒުވާން އަންހެން ކުއްޖަކަށް ރާއްޖޭގެ ފިރިހެނުންގެ ކަޅި ހުއްޓުނު ފޮޓޯ ދައުރުވުން ހުއްޓުވާލައި މީސްމީޑިއާގެ ބާރު ދޮންބެ އަތަށް ލިބުނީ ހަމަ އެދުވަހު އޭނާ ޓްވީޓް ކޮށްލި އެހެން ފޮޓޯ އަކާއި އެކުއެވެ.
މަނިކޭ މަގޭ ހިތޭ 😍😍😍 pic.twitter.com/VLLGqvnpWW
— އަހުމަދު (@Dhonkolhu) October 10, 2021
މަނިކޭ މަގޭ ބިޓޭ.❤️ pic.twitter.com/6jpMnjBcpo
— އަހުމަދު (@Dhonkolhu) October 10, 2021
ރާއްޖޭގެ ފިރިހެނުންގެ ކަޅި ހުއްޓުނު ލަންކާގެ އަންހެން ކުއްޖާއާއި އެކު ދޮންބެ ނަގާފައިވާ ސެލްފީ މުޅި މީސްމީޑިއާގައި ވައިރަލް ވާން ފެށިއެވެ. ރާއްޖޭގެ ބޮޑެތި އޯޑިއެންސް ކަވަރު ކުރާ ޕޭޖްތަކުން އެ ދެ ފޮޓޯ “ސްޓެޕް 1” އަދި “ސްޓެޕް 2″ ގެ ގޮތުގައި އާންމު ކުރިއެވެ. އަދި ގިނަ އަދަދަކަށް ޝެއާ އާއި، ކޮމެންޓު އެ ފޮޓޯ ތަކަށް ލިބި މިއަދު މިހިނގާ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މަގުބޫލު މީހަކަށް ދޮންބެ މިވަނީ ވެގެން ގޮސްފައެވެ.
[visual-link-preview encoded=”eyJ0eXBlIjoiZXh0ZXJuYWwiLCJwb3N0IjowLCJwb3N0X2xhYmVsIjoiIiwidXJsIjoiaHR0cHM6Ly93d3cuZmFjZWJvb2suY29tL01WLkpVSEFBQS9waG90b3MvYS4xNTQ2MTMwNTY4OTY0MjUyLzMwNDE1Nzc4MjI3NTI4NDUvIiwiaW1hZ2VfaWQiOjk1NzksImltYWdlX3VybCI6Imh0dHBzOi8vaHV2YWRob29uZXdzLmNvbS93cC1jb250ZW50L3VwbG9hZHMvMjAyMS8xMC8yNDQyNzY2MTdfMzA0MTU3NzgyOTQxOTUxMV8xMTMzMzcyODQxOTQxMjUzNDgwX24uanBnIiwidGl0bGUiOiJMb2cgSW4gb3IgU2lnbiBVcCB0byBWaWV3Iiwic3VtbWFyeSI6IlNlZSBwb3N0cywgcGhvdG9zIGFuZCBtb3JlIG9uIEZhY2Vib29rLiIsInRlbXBsYXRlIjoidXNlX2RlZmF1bHRfZnJvbV9zZXR0aW5ncyJ9”]
މިހާރު ދައުރުވަމުންދާ ފޮޓޯތަކުގެ ތެރޭގައި ކިޔައިދެނީ ކުޑަ ކުޑަ ވާހަކައެކެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯތްބާއި، ދެން އެކުގައި ނެގި ސެލްފީއެވެ. ދެން ފެންނަނީ އެޑިޓްކޮށްފައިވާ މީމްސް ތަކެކެވެ. އެގޮތުން ކައިވެނި ކޮށްގެން ތިބި ފޮޓޯ ތަކަކާއި ދަރިން ލިބި އާއިލީ ފޮޓޯ ތަކެއްވެސް މިހާރު ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.
ބޮޑު މުބާރާތެއްގެ ތެރެއިން ނެނގި އެންމެ ސެލްފީއަކުން ދޮންބެ އަށް މަޝްހޫރު ކަމެއް ލިބިފައިވާއިރު، މިއަދު މީޑިއާ ތަކުގައި ޖަހާ މުބާރާތާއި ގުޅޭ ޚަބަރު ތަކުގައިވެސް ދޮންބެ ފެންނަން ހުންނަ ފޮޓޯތައް ދަނީ ބޭނުންކުރަމުންނެވެ. މިއަދު ދޮންބެ ވެގެން ގޮސްފައި މިވަނީ ސާފް ޗެމްޕިއަންޝިޕްގެ ފޭސް އަކަށޭ ބުނެވިދާނެއެވެ. އަދި މަނިކޭ މަގޭހިތަށް ވުރެ މަޝްހޫރު، ދިވެހިންގެ މަނިކޭ މަގޭ ބިޓޭ ބުނެވިދާނެއެވެ.
މަނިކެ މަގޭ ހިތޭ ލަަވަ